ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ގޯތި ލިބިފައިވާ މީހުންގެ މެދުގައި އަލުން ގުރުއަތު ނަގަން ނިންމައިފިއެވެ
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ގޯތި ލިބުނު މީހުންގެ މެދުގައި އޭރު ވަނީ ގުރުއަތު ނަގައިފަ އެވެ. ނަމަވެސް މި ސަރުކާރުން ވަނީ ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެސްފަ އެވެ.
ހައުސިން މިނިސްޓްރީން ރޭ ގެޒެޓް ކުރި އިއުލާނެއްގައި ބުނެފައި ވަނީ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ ގުޅިގެން، ކުރިން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ލޮކޭޝަން ބަދަލުވެފައިވާ ކަމަށެވެ.
އެހެންކަމުން އެ ފަރާތްތަކުގެ އިތުރުން ގިރާފަރުފަޅުން ލިބުނު ގޯތި ގުޅިފަޅަށް ބަދަލު ކުރި މީހުންގެ މެދުގައި އަންނަ އަންގާރަ ދުވަހުގެ ހެނދުނު 9:00 ގައި ގުރުއަތު ނަގަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ. ގުރުއަތު ނެގުން އޮންނާނީ ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައެވެ.
ގުޅިފަޅުން ދޫކުރާ ގޯތީގެ އަދަދާއި ބޮޑުމިން
- 1250 އަކަފޫޓުގެ 669 ގޯތި
- 1650 އަކަފޫޓުގެ 1234 ގޯތި
- 2050 އަކަފޫޓުގެ 916 ގޯތި
- 2450 އަކަފޫޓުގެ 473 ގޯތި
- 2850 އަކަފޫޓުގެ 158 ގޯތި
- 3250 އަކަފޫޓުގެ 49 ގޯތި
- 3650 އަކަފޫޓުގެ 21 ގޯތި
މީގެ ތެރޭގައި ގިރާވަރު ފަޅުން ގޯތި ލިބި ގުޅިފަޅަށް ބަދަލުކުރަން އެދުނު މީހުންގެ ވެސް ހިމެނެއެވެ.
މިނިސްޓްރީން ބުނީ ގޯތި ލިބޭ ފަރާތްތަކުގެ ގުރުނަގައި ނިމުމުން، ގޯތިތަކުގެ ރަޖިސްޓްރީ އާއި ބިން ލިބޭ ފަރާތްތަކާއެކުވާ އެއްބަސްވުން ތަކާ ގުޅޭ މައުލޫމާތު ފަހުން ހިއްސާކުރާނެ ކަމަށެވެ.
ކުރީގެ ސަރުކާރުގައި ހުޅުމާލެ 2، ހުޅުމާލެ 3، ގުޅިފަޅު، ގިރާވަރުފަޅުން ފުރަތަމަ ބުރުގައި 9،001 ގޯތި ދޫކުރުމަށް ނިންމައި، ގޯތި ލިބުނު ބައެއް މީހުންނަށް ރަޖިސްޓަރީވެސް ވަނީ ދޫކޮށްފައެވެ. އެއީ ހުޅުމާލެއިން 1،351 ގޯތި، ގުޅިފަޅުން 2،219 އަދި ގިރާވަރު ފަޅު ހިއްކައިގެން 5،433 ގޯއްޗެވެ.
ގުޅިފަޅުން ދެ ބިލިއަން ރުފިޔާ އަށް 65 ހެކްޓަރު ހިއްކުން ނެދަލެންޑްސްގެ ބޮސްކާލިސް ކުންފުންޏާ ހަވާލުކުރީ ރައީސް ސޯލިހުގެ ވެރިކަމުގައި އޮކްޓޯބަރު 17، 2019 ގައެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައި ވަނީ ގުޅިފަޅަށް 85 ހެކްޓަރު އިތުރުކޮށް، ދެވަނަ ފިޔަވަހިން 150 ހެކްޓަރު އިތުރު ކުރާށެވެ. އެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ

2 Comments
ގުޅުންހުރި
މިއީ ހޫނު ދުވަސްވަރެއް، ކޮންމެހެން ބޭނުންވާ މިންވަރަށް އެކަނި ކަރަންޓު ބޭނުންކުރޭ:
އިޒްރޭލު ޕާސްޕޯޓް މަނާކުރުމަކީ އިސްލާމީ އުއްމަތަށް ރައީސް ދެއްކެވި ނަމޫނާއެއް، ސެލިއުޓް
ޝިޔާމް، ޖަމީލަށް: ރައްޔިތުން ހޮވި ވެރިއަކީ ރައީސް މުއިއްޒު ކަމަށް ހިތަށް
ގާޒާގެ ކުޑަކުދިން ކައިގެން ތިބެނީ ދުވާލަކު އެއްއިރު!
އިނގުރައިދޫ މީހުން މިދިލިއޮށް ހޮވުން ކައުންސިލުން މަނާކޮށްފި
ދުންފަތް ވިޔަފާރިކުރުމުގެ ލައިސެންސް ހޯދަން ހުޅުވާލައިފި