ދެ ލޯންޗެއް ޖެހި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ދެ މީހަކަށް އައިޖީއެމްއެޗްގެ އެމަޖެންސީގައި ފަރުވާ ދެމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ
ގުޅިފަޅު ކައިރިން ރޭ 7:34 ހާއިރު ހިނގި ކަމަށް ފުލުހުންނަށް ރިޕޯޓް ކުރި އެ އެކްސިޑެންޓުގައި 20 މީހަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންދިޔަ އެވެ.
އައިޖީއެމްއެޗް އިން ބުނީ އެ ހޮސްޕިޓަލަށް ގެންދިޔަ މީހުންގެ ތެރެއިން ދެ މީހަކަށް މިހާރުވެސް އެމެޖެންސީގައި ފަރުވާ ދެމުންދާ ކަމަށެވެ. އަނެއް 18 މީހުން ދޫކޮށްލާފައިވާ ކަމަށްވެސް ބުންޏެވެ.
ނަމަވެސް އެމަޖެންސީގައި ފަރުވާ ދެމުންދާ މީހުންނަށް ލިބިފައިވާ އަނިޔާގެ ތަފުސީލުތަކެއް ހާމައެއް ނުކުރެ އެވެ.



