އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް ހުށަހެޅުން ރައްޔިތުންގެ މަޖިލީހުގެ ބުރާސްފަތި ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކުރަން ނިންމާފައިވާ ކަމަށް ޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގައި މިއަދު އޮތް މާލިއްޔަތު ކޮމިޓީގެ ޖޮއިންޓް ކޮމިޓީގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި 2025 ވަނަ އަހަރަށް ލަފާ ކުރާ ގައުމީ ބަޖެޓް ލިބޭނެ ކަމަށް ބެލެވޭ ކަމަށެވެ.
ނާޒިމް ވިދާޅުވީ ބަޖެޓް ހުށަހެޅުމުގެ ޖަލްސާ ބުރާސްފަތި ދުވަހު ބާއްވާ ގޮތަށް މަޖިލީހުގެ ރައީސް ނިންމަވާފައިވާ ކަމަށެވެ.
”އެގޮތަށް އަމީން އާއްމު އަޅުގަނޑަށް ރޭގައި މައުލޫމާތު ދެއްވީ،“ ނާޒިމް ވިދާޅުވި އެވެ.
ގާނޫނުއަސާސީގައި އޮންނަނީ ކޮންމެ އަހަރެއް ފެށުމުގެ ކުރިން އެ އަހަރަކަށް ދައުލަތުން ހިނގާނެ ކަމަށް ލަފާ ކުރެވޭ ހަރަދާއި ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީގެ ހިސާބު ހިމެނޭ ބަޖެޓެއް ސަރުކާރުން ހުށަހަޅަންވާނެ ކަމަށެވެ.
މިދިޔަ އާދީއްތަ ދުވަހު މި ސަރުކާރުން ވަނީ މި އަހަރުގެ ބަޖެޓަށް 5.1 ބިލިއަން ރުފިޔާ އިތުރުކުރުމަށް ހިމަނައި ސަޕްލިމެންޓްރީ ބަޖެޓް މަޖިލީހަށް ހުށަހަޅައިފި އެވެ.




ގުޅުންހުރި
މަޖިލީހުގެ އާ ދައުރަށް ބަޖެޓު ފާސްކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ
ދަރިފުޅު ބެލުމަށް މުވައްޒަފުންނަށް އިތުރު ވަގުތު ދޭން އިސްލާހެއް
ބޮޑެތި ބަލިތަކުގެ މީހުންނަށް ޕެންޝަން ފައިސާ އެއްފަހަރާ ނެގޭ ގޮތް ހަދަން
ރަނގަޅު ގޮތަކީ ކައުންސިލު އިންތިހާބާއެކު ހިޔާލު ހޯދުމުގެ ވޯޓު ނެގުން: އުޝާމް
ރަސްމީ ދަތުރުފުޅެއްގައި އަބްދުއްރަހީމް އިންޑިއާއަށް
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި