އަންނަ އަހަރަށް ފާސްކުރަން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ރަހުމަތްތެރި ގައުމުތަކުން 2.25 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން ޖަހައިފި އެވެ.
މި އަދަދަކީ މިދިޔަ އަހަރު ގައުމުތަކުން ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރީ އެއް ބިލިއަން ރުފިޔާއަށްވުރެ ދެގުނައަށްވުރެ ބޮޑު އަދަދެކެވެ.
ބަޖެޓުގައި ސަރުކާރުން ލަފާކޮށްފައިވާ ގޮތުން އިންޑިއާ އިން ހިލޭ އެހީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ލިބޭނެ އެވެ. އެއީ ހިލޭ އެހީގެ ގޮތުގައި ރަހުމަތްތެރި ގައުމުތަކުން ލިބޭނެ ކަމަށް ލަފާ ކުރި އަދަދުގެ 72 ޕަސެންޓެވެ.
ބަޖެޓު ހުށަހެޅިއިރު، ޗައިނާއިން ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ އެންމެ 502 މިލިއަން ރުފިޔާ އެވެ. އަދި ޖަޕާނުން 47 މިލިއަން ރުފިޔާ، އަބޫދާބީ ފަންޑުން 45 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.
އެ ގައުމުތަކުގެ އިތުރުން ޕާކިސްތާނާއި ސައުދީ އަރަބިއްޔާ އާއި ނެދަލޭންޑްސް އާއި އިޓަލީ އަދި ސަރުކާރުގެ އިދާރާތަކުން ފައިސާ ލިބޭނެ ކަމަށް ސަރުކާރުން ލަފާ ކުރެ އެވެ. އަދި ޖަމިއްޔާ، ޖަމާއަތްތަކުން ވެސް 336 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.




2 Comments
ގުޅުންހުރި
ދިއްދޫ ބިން ހިއްކުން: 5 ދުވަސް ތެރޭ 21 ހެކްޓަރު ހިއްކައިފި
ޑްރަގު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީގެ އެސްޕީޑީއެއް!
ޝަމާހުގެ މައްސަލައެއް އޭސީސީން ބަލަނީ
ކަނޑުއޮތްގިރިން ބޮޑު ކަންނެލި ގަންނަން ފަށައިފި
ރައްޔިތުން ނުކުތީ ދިރިއުޅުމުގެ އަގު އިންތިހާއަށް ދިއުމުން، ތިބެންވާނީ އެ މީހުންނާއެކު:
މަގާމަށް އައްޔަން ކުރިތާ 4 މަސް، ސްޓެލްކޯގެ އެމްޑީ ޝަމާހު ވަކިކޮށްފި