ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރިޔާސީ އިންތިހާބުގައި ތާއީދު ކުރެވުނީތީ މިހާރު ވަރަށް ބޮޑަށް ހިތާމަ ކުރައްވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޔާމީން މިއަދު ވިދާޅުވީ މި ސަރުކާރު ހިންގަމުންދާ ގޮތުގެ ސަބަބުން ރައްޔިތުން ތަހައްމަލު ކުރަންދަނީ ހިތްދަތި ދުވަސްތަކެއް ކަަމަށެވެ. ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް މިވަރުގެ ދެރައެއް ލިބިދާނެ ކަމަށް އުންމީދު ނުކުރައްވާ ކަމަށް ޔާމީން ވިދާޅުވި އެވެ.
”އެބްސޮލިއުޓްލީ ވަރަށް ރިގްރެޓް ކުރަން. އެއީ އަޅުގަނޑުމެންގެ ތެރެއިން އަޅުގަނޑުމެންގެ ސްޓޮކުން. މިވާހަކަ އަޅުގަނޑު ޕީއެންއެފް ޖަލްސާއެއްގައި ވެސް ބުނިން. އަޅުގަނޑުމެންގެ މުޑުވަކުން އަޅުގަނޑުމެން ރައްޔިތުންނަށް ދެއްކި ބޭފުޅެއް މިއީ އެނގޭތޯ. އެއްވެސް ގޮތަކަށް އުންމީދެއް ނުކުރަން މިހާދޭސީކޮށް މިހައި ޣައިރު ޒިންމާދާރުކޮށް މިހައި ރެކްލެސްކޮށް ކަންތައްތައް ހިނގާދާނެ ކަމަށް އަޅުގަނޑު އުންމީދެއް ނުކުރަން“ ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ މި ސަރުކާރާމެދު ހިތްހަމަނުޖެހުންތަކެއް ހުއްޓަސް ސަރުކާރު ވައްޓާލަން ނުވަތަ ސަރުކާރަށް ދެރައެއް ލިބިދާނެ ކަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީއާ ގުޅިގެން ނުކުރައްވާނެ ކަމަށެވެ. އެމްޑީޕީއަކީ ރައްޔިތުންގެ މަންފާއަށް މަސައްކަތް ކުރާ ބައެއް ކަމަށް ގަބޫލުނުކުރާ ކަމަށް ޔާމީން ވިދާޅުވި އެވެ.
ރާއްޖެއަށް މި ހާލަތަށް ވެއްޓިގެން ދިޔައީ އެމްޑީޕީގެ ސަބަބުން ކަމަށާއި އެކަމުގެ ޒިންމާ އެ ޕާޓީން ނަގަން ޖެހޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ.




14 Comments
ގުޅުންހުރި
މަޖިލީހުގެ އާ ދައުރަށް ބަޖެޓު ފާސްކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ
ދެ އިންތިހާބު އެކުގައި ބާއްވަން އެމްޑީޕީން މިހާރު ބޭނުންނުވަނީ އިންތިހާބަށް ކަޑަ
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ރައީސް މިއަދުވެސް ”ދޮރުންދޮރަށް“ ހަރަކާތަށް
މަގާމަށް އިންތިހާބު ކުރިތާ 45 ދުވަސް ފަހުން ޖޭއެސްސީއަށް ފަނޑިޔާރު ޝަފީއު