ޓީޗަރުން އިތުރުކުރުމަށް އަމާޒުކޮށް ޓީޗަރުން ތަމްރީނުކުރުމުގެ ގައުމީ ޕްރޮގްރާމް މިއަދު އިފުތިތާހުކޮށްފި އެވެ.
ރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ޕްރޮގްރާމް އިފުތިތާހު ކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ރަސްމިއްޔާތުގައި ރައީސް ވަނީ އެ ޕްރޮގްރާމްގެ ދަށުން ޓީޗަރުން ތަމްރީނުކުރުމުގެ ކޯހުގައި ދަރިވަރުން ބައިވެރިވާ 21 ސްކޫލަކާ ލިޔުން ހަވާލުކޮށްދެއްވައިފަ އެވެ. އޭގެ އިތުރުން އެ ޕްރޮގްރާމުގައި މި އަހަރު ބައިވެރިވި 135 ދަރިވަރުންނަށް ސްކޮލަޝިޕްގެ ލިޔުންވެސް ހަވާލުކޮށްދެއްވި އެވެ.
މި ޕްރޮގްރާމަކީ ރާއްޖޭގެ ތައުލީމީ ދާއިރާއަށް ކުރިމަތިވެފައިވާ ޓީޗަރުން ނުލިބުމުގެ މައްސަލައަށް ހައްލު ހޯދުމަށާއި ތައުލީމީ ދާއިރާގައި ދިވެހި ޓީޗަރުން އިތުރުކުރުމަށް ފެށި ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމް އަމާޒުކޮށްފައިވަނީ މަތީ ސާނަވީ ތައުލީމު ނިންމުމަށްފަހު ނުކުންނަ ދަރިވަރުންނަށެވެ. އެގޮތުން އޭލެވެލް އަށް ކިޔަވަން ފަށާ ދަރިވަރުންގެ ތެރެއިން ޓީޗަރަކަށް ވާން ޝައުގުވެރިވާ ދަރިވަރުން އޭލެވެލްގެ ކިޔެވުމާއެކު ޓީޗިން ފައުންޑޭޝަން ނިންމުމަށްފަހު ޓީޗިން ޑިގްރީ ޕްރޮގްރާމްވެސް ފަށާނެ އެވެ.
މި ޕްރޮގްރާމް ފަށާ ކޮންމެ ދަރިވަރަކަށް މަހަކު 1,500 ރުފިޔާ ދިނުމަށް ވަނީ ނިންމައިފަ އެވެ.

1 Comment
ގުޅުންހުރި
ރުކުމާ އަނެއްކާވެސް އެހެން ކުންފުންޏަކަށް، މިފަހަރު ފެނަކައިން މޯލްޑިވް ގޭހަށް
ރަސްމާލޭގައި ފްލެޓް އެޅުމުގެ ފުރުސަތު ސިންގަޕޫރުގެ އިންވެސްޓަރުންނަށް ހުޅުވާލައިފި
މަޖީދީ މަގާއި ބޮޑުތަކުރުފާނު މަގުގައި ޕާކުކޮށްގެން 380 ސައިކަލާއި 40 ކާރު
ތެޔޮ އުފުލާ ދެ ދޯންޏެއްގައި ރޯވެ ދެ މީހަކު ފިހިއްޖެ
680 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް ޔަގީންވެއްޖެ: ސައީދު
ފުރަތަމަ އެސްއީޒެޑް މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފި