ކައިވެނީގެ ރަނުގެ ގޮތުގައި ދޭންޖެހޭ 85،000 ނުދީގެން ފެމިލީ ކޯޓަށް ދިއުމުން އެ ފައިސާ ކުރިއަށް އޮތް 10 މަހުގެ ތެރޭގައި ދެއްކުމަށް އެ ކޯޓުން ހުކުމްކޮށްފި އެވެ.
ފެމިލީ ކޯޓުގެ އިސް ގާޒީ އިބްރާހީމް މާހިރު މިދިޔަ މަހު ފަހުކޮޅު ކުރެއްވި ހުކުމުން އެނގޭ ގޮތުގައި މިއީ 21 ޖޫން 2021 ގައި ކުރި ކައިވެނީގެ ރަނުގެ ފައިސާ ހޯދުމަށް އެދި ހުށަހެޅި މައްސަލައެކެވެ. އެ ކަނިވެނި ވަނީ މި އަހަރުގެ ފެބްރުއަރީ 19 ވަނަ ދުވަހު ރޫޅިފަ އެވެ.
އެ މައްސަލަ ހުށަހެޅި އަންހެން މީހާ ކޯޓުގައި ބުނެފައިވަނީ ރަނަށް ކިޔި ފައިސާ ކޯޓު މެދުވެރިކޮށް އެކީ އެެއްފަހަރާ ހޯދަން ބޭނުންވީ ކައިވެނިކޮށްގެން އުޅުނު ދުވަސްވަރުވެސް ފިރިހެން މީހާ އެއްވެސް ހަރަދެއް ކޮށްފައިނުވާތީ އެވެ.
މި މައްސަލައިގައި ހިމެނޭ ފިރިހެން މީހާއަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިގެން ފަރުވާ ހޯދަމުންދާ މީހެއްކަންވެސް ހުކުމުން އެނގެ އެވެ. އެހެންވެ އަންހެން މީހާ އެދުނު ގޮތަށް މި މަހުން ފެށިގެން ކުރިއަށް އޮތް 10 މަހަށް ބަހާލައިގެން ފައިސާ ދައްކަން ފިރިހެން މީހާ ކޯޓުގައި އެއްބަސްވެފައިވެ އެވެ.
މި މައްސަލައިގައި ގާޒީ ހުކުމް ކުރެއްވީވެސް މި މަހުން ފެށިގެން ކުރިއަށް އޮތް 10 މަހު، ކޮންމެ މަހަކު 8،500 ރުފިޔާ ދައްކާ ގޮތަށް ރަނަށް ކިޔާފައިވާ ޖުމުލަ އަދަދު ދެއްކުމަށެވެ.




37 Comments
ގުޅުންހުރި
ކ. އަތޮޅާއި ޅ. އަތޮޅަށް ރައީސް ކުރެއްވި ދަތުރުފުޅަށްފަހު މާލެ ވަޑައިގެންފި
މީޑިއާ ކޮމިޝަންގެ ނައިބު ރައީސްކަމަށް ޒަމްއަތު ހޮވައިފި
މީހުން އުޅޭ ހުރިހާ ރަށަކަށް ރައީސް ޒިޔާރަތް ކުރެއްވުމަކީ މުރާލިކަމުގެ ނަމޫނާއެއް:
ރައީސް މުއިއްޒު، މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ރެކޯޑް މުއްދަތެއްގެ ތެރޭގައި
ޑޮލަރު ސޫޓް ކޭސް ފޭރިގެން މައްސަލަ: ހައްޔަރުކުރި 4 މީހުންގެ ފޮޓޯ
ސްޓެލްކޯ އިން ދިއްފުށީގައި ހެދި އިންޖީނުގެ ހުޅުވައިފި