ކަނޑުގެ ރާޅުން ހަކަތަ އުފެއްދުމަށް ސްޓެލްކޯ އިން ދިރާސާއެއް ފަށައިފި

ކަނޑުގެ ރާޅުން ހަކަތަ އުފެއްދަން ފެށުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން މަޝްރޫއެއް ފަށައިފި އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓާރު ހުސެއިން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ މަޝްރޫއުއަކީ ރާއްޖޭގައި އުފައްދާ ކަރަންޓުގެ 33 ޕަސެންޓު އިޔާދަކުރަނިވި ހަކަތައަށް ބަދަލު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅު ފުއްދެވުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއް ކަމަށެވެ.

އަދި ކަނޑުގެ ރާޅުން ހަކަތަ އުފެއްދޭތޯ ބެލުމަކީ އިރުގެ އަލިން އުފައްދާ ހަކަތައިގެ އިތުރުން އިޔާދަކުރަނިވި ހަކަތަ އުފެއްދޭނެ އިތުރު ގޮތްތައް ހޯދުމުގެ ގޮތުން ކުރާ ދިރާސާއެއް ކަމަށްވެސް ވިދާޅުވި އެވެ.

ފަހުމީ ވިދާޅުވީ، އެ މަޝްރޫއުގެ ދަށުން ރާއްޖެއަށް ކަނޑުގެ ރާޅުން އުފެއްދޭ ހަކަތަ ބޭނުންކުރެވޭނެތޯ ބެލުމަށް ކަނޑުގެ ރާޅުތަކާ ގުޅޭ ޑޭޓާ އެއްކޮށް އެނަލިސިސް ހަދާނެ ކަމަށެވެ.

އަދި އިރުގެ އަލިން ހަކަތަ އުފެއްދުމާއި ހިލާފަށް ރާޅުން ހަކަތަ އުފެއްދުމުގައި ފައިދާތަކެއް ހުންނާނެ ކަމަށާއި އެގޮތުން މޫސުމާއެކު އިރުގެ އަލިން ހަކަތަ އުފެއްދުމަށް އަސަރުކުރި ނަމަވެސް ރާޅުން ހަކަތަ އުފެއްދުމަށް ކުރާ އަސަރު ކުޑަވާނެ ކަމަށް ވިދާޅުވި އެވެ.

1 Comment

  • Hussain Be ނޮވެމްބަރ 14, 2024

    dhuniyeege gaumuthakuga thifadha masakaiy thah kuranie egamuga hunnan university ge dharivarun lahvaa.

Leave a Reply to Hussain Be Cancel reply