އާބަން ސެންޓަރު ހެދުމުގެ މަގުސަދަކީ މާލޭން އެ ރަށްތައް ހިންގަން ފެށުމަށް ވެގެން ނުވާނެ: ޝާހިދު

އާބަން ސެންޓަރުގެ ގޮތުގައި ރަށްތަކެއް ކަނޑައެޅުމުގެ މަގުސަދަކީ ލާމަރުކަޒީ ނިޒާމުން ރަށްރަށް ހިންގުމުގެ ނިޒާމުން އެ ރަށްތައް ވަކިކޮށް މާލެއިން ހިންގަން ފެށުން ކަމުގައި ވެގެން ނުވާނެ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އާބަން ސެންޓަރުތަކުގެ ގޮތުގައި ތަރައްގީ ކުރާނެ ހަތް ރަށެއް ރައީސް މުހައްމަދު މުއިއްޒު ކަނޑައަޅުއްވައި، ހައުސިން މިނިސްޓްރީން އެ ރަށްތައް މިއަދު ވަނީ އިއުލާންކޮށްފަ އެވެ.

އެކަމާ ގުޅިގެން ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އާބަން ސެންޓަރު ކަނޑައެޅުމުގައި ބޮޑުތިލަދުންމައްޗާއި ރާއްޖޭގެ ދެކުނުގެ ސަރަހައްދު އުނިވެފައި މިވާ ސަބަބު އެ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ސަރުކާރުން ސާފުކޮށްދޭންޖެހޭ ކަމަށެވެ.

އަދި އެފަދަ ކަންކަން ނިންމުމުގައި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ މަޝްވަރާ ހޯދުމަކީ މުހިންމު ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.

ހައުސިން މިނިސްޓްރީން މިއަދު ނެރުނު އިއުލާނުގައި ބުނެފައިވާ ގޮތުން އާބަން ސެންޓަރުތަކުގެ ގޮތުގައި ތަރައްގީކުރާނެ ރަށްތަކަކީ:

  • ރ. އުނގޫފާރު
  • ބ. އޭދަފުށި
  • ޅ. ނައިފަރު
  • އދ. މަހިބަދޫ
  • ފ. ނިލަންދޫ
  • ދ. ކުޑަހުވަދޫ
  • ލ. ފޮނަދޫ

ރައީސް މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައިވާ ގޮތުން ހަތް އާބަން ސެންޓަރަކާއި އުތުރާއި ދެކުނުގައި ޑިވެލޮޕްމަންޓް ޒޯނެއް ކަނޑަައަޅާނެ އެވެ. ތަރައްގީގެ ޕްލޭންތައް ރާވާނީ އެ ސަރަހައްދުތަކަށް ބެހިގެންދާ ގޮތަށެވެ. އެގޮތުން

  • ހއ. އަތޮޅާއި، ހދ. އަތޮޅު އަދި ށ. އަތޮޅު ހިމެނޭ އުތުރުގެ ތަރައްގީގެ ޒޯނުގައި މައި ހަބަކީ ހދ. ކުޅުދުއްފުށި
  • ގއ. އަތޮޅާއި، ގދ. އަތޮޅާ، ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީ ހިމެނޭ ދެކުނުގެ ތަރައްގީގެ ޒޯނުގައި މައި ހަބަކީ އައްޑޫ ސިޓީ

2 Comments

  • Ilyas Mohamed ނޮވެމްބަރ 10, 2024

    Kalo saahidhu kaley ah konkameh konmegothakah urbancenter thah jingiyas , meee dhen kaaaaku, maa molhumeehakah vegen,

    • Nizar Ali ނޮވެމްބަރ 10, 2024

      Ilyas Mohamed caapet vagu

Leave a Reply to Nizar Ali Cancel reply