ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާލްސައޫދުގެ ދައުވަތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ސައުދީ އަރަބިއްޔާއަށް ރޭ ފުރާވަޑައިގެންފި އެވެ.
ރައީސް އޮފީހުން ރޭ ބުނީ އެ ދަތުރުފުޅަކީ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ އަނިޔާވެރި ލާއިންސާނީ އަމަލުތަކާ ގުޅިގެން އިސްލާމީ އަރަބި ގައުމުތަކުގެ ލީޑަރުން އެއްތަނަކަށް އެއްވެ ކުރިއަށް އޮތް ތަނުގައި އެޅުއްވޭނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް ބާއްވާ އަރަބި އިސްލާމީ ގައުމުތަކުގެ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
އަދި މިއަދު ރާއްޖޭގެ ފަރާތުން އެ ސަމިޓުުގައި ރައީސް ބަޔާން އިއްވަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވެސް ރައީސް ވިދާޅުވީ ރާއްޖެއަކީ ދުނިޔޭގެ މަސްރަހުގައި ފަލަސްތީނުގެ ހައްގުގައި އެންމެ އަޑުއަހަރުކޮށް އެންމެ ސާފުކޮށް ވަކާލާތުކުރަމުންދާ އެއް ގައުމު ކަމަށެވެ.
އަދި ސައުދީއަށް ފުރާވަޑައިގަންނަވަން ހަމަޖެހިފައި އޮތްކަން ހާމަކުރައްވައި ރައީސް ވިދާޅުވީ އެ ދަތުރުފުޅަކީ ފަލަސްތީނުގެ ހައްގުގައި އިސްލާމީ އަރަބި ގައުމުތަކަށް ކުރެވިދާނެ މަސައްކަތްތައް ދެނެގަތުމަށް ސައުދީ އަރަބިއްޔާއިން އިސްނަގައިގެން ބާއްވާ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.




13 Comments
ގުޅުންހުރި
މަޖިލީހުގެ އާ ދައުރަށް ބަޖެޓު ފާސްކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ
ދެ އިންތިހާބު އެކުގައި ބާއްވަން އެމްޑީޕީން މިހާރު ބޭނުންނުވަނީ އިންތިހާބަށް ކަޑަ
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ރައީސް މިއަދުވެސް ”ދޮރުންދޮރަށް“ ހަރަކާތަށް
މަގާމަށް އިންތިހާބު ކުރިތާ 45 ދުވަސް ފަހުން ޖޭއެސްސީއަށް ފަނޑިޔާރު ޝަފީއު