މި ސަރުކާރުގެ ސިޔާސަތަކީ މުއްސަނދިންގެ އަތުން ނަގައި، ނިކަމެތި މީހާއަށް ދީ، އަދުލުވެރިކުރުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެ ލަފަޔާ އެއްގޮތަށް ބައެއް އިސްލާހުތައް ގެނެސްފައިވާ ކަމަށެވެ.
އެގޮތުން އެންމެ ނިކަމެތި މީހާއާއި އެންމެ މުހިންމު މީހާއަށް މިހާރަށްވުރެވެސް ރަނގަޅަށް އެހީތެރިކަން ލިބޭ ގޮތަށް އަދި އެންމެ މުއްސަނދި މީހާ އަތުން ހޯދާފައި އެންމެ ނިކަމެތި މީހާއަށް ލިބޭ ނިޒާމު ގެނެސް އަދަލުވެރިކަން ގެންނާނެ ކަމަށް ވިދާޅުވި އެވެ.
”މުއްސަނދިންގެ އަތުގައި ހުރިހާ މުއްސަނދިކަމެއް ބޭއްވުމުގެ ބަދަލުގައި ޑިސްޓްރިބިއުޓް ކޮށްލައި، އެންމެ ނިކަމެތި މީހާ މިހާރު ހުރި ނިކަމެތިކަމުން ނަގައި، މައްޗަށް ޖައްސާލައި ހަމަހަމަކޮށްލައި، އަދުލުވެރިކުރުން އެއީ އަޅުގަނޑުމެންގެ ސިޔާސަތު،“ ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ދައުލަތަށް ލިބެން ހުރި ފައިސާ ހޯދުމަށް މިދިޔަ އަހަރެއްހާ ދުވަހު ގަވާއިދުތަކާއި ގާނޫނުތައް އަދި ތަންފީޒީ ދާއިރާ ވަރުގަދަކޮށްގެން ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން ސަރުކާރަށް އެކި ފަރާތްތަކުން ދައްކަންޖެހިފައި ނަމަވެސް ނުހޯދިވާ ފައިސާގެ ތެރެއިން 3.7 ބިލިއަން ރުފިޔާ ހޯދާފައިވާ ކަމަށާއި އެކަމުގެ ސަބަބުން ނަގަންޖެހޭ ދަރަނިވެސް މަދުވެފައިވާ ކަމަށް ވިދާޅުވި އެވެ.




49 Comments
ގުޅުންހުރި
ރައީސް ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލެ ފޭސް ދޭއްގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ
ރައީސް އަންގާރަ ދުވަހުގެ ރޭ ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ
ސިޔާސީ އޮއިވަރުގައި ޖެހިގެން މަސްވެރިންނަށް ވާނެ ފައިދާއެއް ނޯންނާނެ: ރައީސް
މާދަމާއިން ފެށިގެން މަސް ގަންނަ އެންމެ ދަށް އަގަކަށް 16 ރުފިޔާ
މަސްވެރިކަމުގެ ދާއިރާގެ މަސައްކަތްތައް ލަސްވަނީ ބޭރުގެ ”ޑިއު ޕްރޮސެސް“އާ ހެދި: ރައީސް
މަސްވެރިންނަށް ހެޔޮއަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ގާއިމުކުރި ފުރަތަމަ ޝެޑް ދުވާފަރުގައި ހުޅުވައިފި