އަންނަ އަހަރާ ލަފާކޮށް ހުށަހެޅި 56.6 ބިލިއަން ރުފިޔާގެ ބަޖެޓް ބަހުސް ފަށައިފި

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 2025 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސް މިއަދު ރައްޔިތުންގެ މަޖިލީހުގައި ފަށައިފި އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ މިދިޔަ އޮކްޓޫބަރު މަހުގެ 31 ގައެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ޖަލްސާ ފައްޓަވައިދެއްވަމުން ވިދާޅުވީ ބަޖެޓް ބަހުސް މިއަދު ކުރިއަށްދާނީ 10:30 އާ ހަމައަށް ކަމަށެވެ.

”އޭގެ ބޭނުމަކީ ބަޖެޓް ފޮތް ތިބޭފުޅުންނަށް މިއަދު ލިބިވަޑައިގަތީ. އެހެންވީމަ ކުޑަކޮށް ބަޖެޓް ފޮތަށް ފަރިތަވެލުމަށްޓަކައި މިއަދު އެ ހިސާބުން އަޅުގަނޑު ބަހުސް ނިންމާލާފައި ދެން ބަޖެޓް ބަހުސް އާއެކު ކުރިއަށްދާނީ މާދަމާ،“ އަބްދުއްރަހީމް ވިދާޅުވި އެވެ.

ބަޖެޓަށް ބަހުސް ކުރުމަށް ކޮންމެ މެންބަރަކަށް 15 މިނިޓް ލިބޭނެ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

ބަޖެޓުގެ ބަހުސް ހިނގަމުންދާ ވަގުތު މެންބަރުން ފާހަގަކުރައްވާ ނުކުތާތަކަށް ޖަވާބުދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަނޑައަޅުއްވާ ގޮތުގެ މަތިން ފިނޭންސް މިނިސްޓަރަށް ޖުމުލަ 45 މިނެޓުގެ ވަގުތެއް ދޭން ކޮމިޓީން ވަނީ ނިންމައިފަ އެވެ. އަދި ބެޖެޓް ކޮމިޓީން ބަޖެޓް ދިރާސާކޮށް މަޖިލިސް ތަޅުމަށް ހުށަހަޅާ ކޮމިޓީ ރިޕޯޓަށް ބަހުސްކުރާ މަރުހަލާގައި ކޮންމެ މެންބަރަކަށް ހަތް މިނެޓުގެ އެއް ފުރުސަތު ދިނުމަށްވެސް ވަނީ ނިންމައިފަ އެވެ.

2 Comments

  • Ahmed Thol'hath ނޮވެމްބަރ 12, 2024

    Buhus akah vure bodah budget ah sanaa kiyaa than fennanee🤦🤦

  • Ahmed Shujaau ނޮވެމްބަރ 13, 2024

    Muizu saajidhaa vari kuriyas Ehen meehaka kaiveni nukurevey gotheh hadhaathi

Leave a Reply to Ahmed Thol'hath Cancel reply