އިޒްރޭލުން، ފަލަސްތީނުގައި ހިންގަމުންދާ އަނިޔާވެރިކަމާ އަދި އިންސާނީ ހައްގުތަކާ ހިލާފު ޖަރީމާތަކާ ގުޅިގެން، އިޒްރޭލްގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމުގެ ކުރިން އެކަމާ މެދު ފަލަސްތީނުން ދެކޭ ގޮތާއި އަރަބި ގައުމުތަކުގެ ލަފައެއް ހޯދަންޖެހޭ ކަމަށް ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން މިއަދު ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ އިޒްރޭލު ޕާސްޕޯޓުގެ ކަންކަމާއިމެދު ގޮތެއް ނިންމަންވާނީ ވަރަށް ބޮޑަށް މަޝްވަރާ ކުރުމަށް ފަހުގައި ކަމަށެވެ. އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ ކުރިން، އެކަމުގެ ސަބަބުން ފަލަސްތީނަށް ލިބެން އޮތް ފައިދާއެއް ބެލުން މުހިންމު ކަމަށް ފަލާާހު ވިދާޅުވި އެވެ.
”މި ކަމުގެ ސަބަބުން އެ ބޭފުޅުންނަށް، (ފަލަސްތީނަށް) އެ ގައުމަށް މިކަމުގައި ކިހާ މަންފާއެއް، ފައިދާއެއް ހުރިތޯ ނުވަތަ އެ ބޭފުޅުންނަށް [އިޒްރޭލު ޕާސްޕޯޓު މަނާކުރުމުން] ލިބޭނެ ހިތްހަމަޖެހުމާއި އުފާވެރިކަން އޮތްތޯ “ ފަލާހު ވިދާޅުވި އެވެ.
ފަލާހު ވިދާޅުވީ އިޒްރޭލުގައި ވެސް އެތައް ހާސް މުސްލިމުންނެއް އުޅޭ ކަމަށާއި އެހެންކަމުން މި މައްސަލާގައި ގޮތެއް ނިންމުމުގެ ކުރިން އަރަބި އެހެން ގައުމުތަކުގެ ލަފާ ހޯދުން މުހިންމު ކަމަށެވެ.
މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ވަނީ އިޒްރޭލް ޕާސްޕޯޓު މަނާ ކުރުމުގެ ކުރިން ތަފާސްހިސާބު ހޯދުމަށް ފަހު، ރާއްޖެއަށް އައިސްފައިވަނީ ކިހާ އަދަދެއްގެ މީހުންތޯ ބެލުމަށް ނިންމައިފަ އެވެ. ކޮމިޓީން ވަނީ އެ މައްސަލައިގައި ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކާއި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ޓޫރިޒަމް ދާއިރާގެ ޖަމިއްޔާތަކާ ބައްދަލު ކުރުމަށް ނިންމައިފަ އެވެ.




31 Comments
ގުޅުންހުރި
ނުރައްކާތެރިކޮށް ވެހިކަލް ދުއްވާނަމަ 20 އަހަރަށް ޖަލަށްލެވޭ ގޮތް ހަދަނީ
ކައުންސިލްތަކުގެ ސައިޒް ކުޑަކުރުމަށް މަޖިލީހުން ފާސްކޮށްފި
އަނބިމީހާއަށް 15،000 ރުފިޔާ ދޭންޖެހޭ، އަތަކު އެކައްޗެއް ވެސް ނޯވޭ: އައްބާސް
ކުރީގެ ނައިބު ރައީސުންނަށް މަހަކު 25,000ރ. އިނާޔަތެއް ދޭން ސަރުކާރުގެ ފަރާތުން
ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ދަނީ ދީލަތުވުމުން: ނާޒިމް
ޕީއެންސީއަށް ސޮއިކުރިތާ މަހެއް ނުވެ، މަހުލޫފަށް ޖަޕާނުގެ ސަފީރުކަން ދެނީ