އާޓިފިޝަލް ބީޗު ކައިރިން މަގުމައްޗަށް ވެއްޓުނު މީހަކު މަރުވެއްޖެ އެވެ.
ފުލުހުން މިއަދު ބުނީ މަރުވެފައިވަނީ ސ. ހިތަދޫ، ސޯސަންގެ، އަހުމަދު ޝަރީފު 53އ ކަމަށެވެ.
އަހުމަދު ޝަރީފު، އާޓިފިޝަލް ބީޗު ކައިރިން މަގުމައްޗަށް ވެއްޓިފައިވަނީ މިއަދު ހެނދުނު 8:56 އެހާކަންހާއިރު ކަމަށެވެ. އޭނާ މަރުވެފައިވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް މިއަދު 10:03 ގައި ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އޭނާއަށް މަގުމައްޗަށް ވެއްޓިފައިވަނިކޮށް އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ފުލުހުން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.



