ސަރުކާރުގެ މައި ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ދަށަށް ފެނަކަ ކޯޕަރޭޝަން ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލަން އެސްޓީއޯ އިން ނިންމައިފި އެވެ.
އެސްޓީއޯ އިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، އެ މަސައްކަތް ހުއްޓާލީ މިދިޔަ އާދީއްތަ ދުވަހު ފިނޭންސް މިނިސްޓްރީން އެގޮތަށް އަންގާފައިވާތީ އާއި އެ ކުންފުނިން ސަރުކާރަށް ހުށަހެޅި އެކުއިސިޝަން ޕްރޮޕޯސަލްގައި ހިމަނާފައިވާ ކަންކަން ކުރިއަށްގޮސްފައިވާ މިންވަރަށް ބެލުމަށްފަހު އެ މަސައްކަތް ހުއްޓާލަން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން މިއަދު ނިންމާފައިވާތީ ކަމަށެވެ.
ފެނަކައިގެ ސައްތައިން ސައްތަ ހިއްސާ، އެސްޓީއޯ އިން ގަނެ، އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ފެނަކަ ހަމަޖެއްސެވުމަށް ނިންމެވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. ރައީސް އޭރު ނިންމަވާފައި އޮތީ މި އަހަރުގެ ނިޔަލަށް އެސްޓީއޯގެ ދަށަށް ފެނަކަ ބަދަލުކުރުމަށެވެ.
ނަމަވެސް އަންނަ އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓުގައި ފިނޭންސް މިނިސްޓްރީން ބުނީ، ފެނަކައިގެ ހާލަތު ރަނގަޅު ކުރެވޭނެ އެހެން ގޮތްތަކެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އެގޮތުން މިސާލަކަށް ސިނާޖީ ހާސިލުކުރެވޭ ގޮތަށް ސްޓެލްކޯއާ ފެނަކަ އެއްކޮށްލުން ފަދަ މަސައްކަތްތަކެއް ކުރުމަށް ދިރާސާކޮށް ކުރިއަށް އޮތް އަހަރު ދާއިމީ ހައްލެއް ގެނައުމަށް މަސައްކަތް ކުރާނެ ކަމަށް ބުންޏެވެ.




2 Comments
ގުޅުންހުރި
އެސްޓީއޯއާއި އެއްއަގަށް ބާޒާރުގައި އޮރެންޖުގެ އަގު ތިރިވެއްޖެ
އެސްޓީއޯ އިން ވިއްކާ ފިޔާ އަދި އަލުވީގެ އަގު ހެޔޮކޮށްފި
އެމެރިކާގެ ސްޕްރީމް ކޯޓަކީ ވަފާތެރިކަމެއް ނެތް ތަނެއް: ޓްރަމްޕް
ފެނަކަ ސައީދު ގޭބަންދަށް ބަދަލުކޮށްފި
ސަރުކާރު މުވައްޒަފުންނަށް މިމަހުގެ 12 ގައި ރޯދަ އިނާޔަތް ދެނީ
2.4 ބިލިއަން ރުފިޔާގެ ބޮންޑުން ބޭރު ފައިސާގެ ރިޒާވެއް އުފެދޭނެ: ޕެންޝަން