ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، އިނގިރޭސިވިލާތަށް ކުރެއްވި ނުރަސްމީ ދަތުރު ނިންމަވާލައްވައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފައިވަނީ މިއަދުގެ ހަވީރުގެ ވަގުތެއްގައި ކަމަށެވެ.
ހަފްތާއެއްހާ ދުވަހުގެ މި ދަތުރުގައި ރައީސްގެ ދެކަނބަލުން ފުރާވަޑައިގަތީ ނޮވެމްބަރު 21, ގަ އެވެ.
އެ ދަތުރުފުޅުގެ ހުރިހާ ހަރަދެއް ކުރައްވައިފައިވަނީ ރައީސް އަމިއްލަފުޅަށް ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.



