ސަރުކާރަށް ފާޑުކިޔައިގެން އަދަބު ދިނުމުގެ ބިރުވެރި މާޒީ އަލުން އިޔާދަކުރަން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ސޯލިހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސޯޝަލް މީޑިއާގައި ކުރާ ޕޯސްޓްތަކަށް ފުލުހަށް ހާޒިރުކުރުމާއި ކައުންސިލްތަކަށް އިންޒާރުގެ ސިޓީ ފޮނުވުމަކީ ދިވެހި ރައްޔިތުން ބުރަ މަސައްކަތުން ހޯދި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ޑިމޮކްރަސީގައި ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށެވެ.
”ސަރުކާރަށް ފާޑުކިޔުން އަމާޒުކުރުމަކީ ކުށެއްގެ ގޮތުގައި ހަދައި އަދަބު ދިނުމުގެ ބިރުވެރި މާޒީ އަލުން އިއާދަކުރަން ސަރުކާރުން މަސައްކަތް ކުރުމަކީ ކަންބޮޑުވާ ކަމެއް“ ސޯލިހު ވިދާޅުވިއެވެ.
ސޯލިހު މިފަދައިން ވިދާޅުވެފައި މިވަނީ އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓު ހުސެއިން ޝާފިއު (ޗާލްސް ތުއްތު) އެކްސްގައި ކުރި ޕޯސްޓަކާ ގުޅިގެން މާދަމާ ފުލުހަށް ހާޒިރުކުރަން ޗިޓު ފޮނުވުމާ ގުޅިގެންނެވެ. ސޯލިހުގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލުވެސް ވަނީ އެކަން ކުށްވެރިކޮށް ސަރުކާރަށް ފާޑުވިދާޅުވެފައެވެ.
ފުލުހުން ޝާފިއުއަށް ފޮނުވި ޗިޓުގައި ބުނީ އެ މުއައްސަސާއިން ބަލަމުންދަނީ ނޮވެމްބަރު 8، ގައި ހަޑިހުތުރު ބަސް ބޭނުންކޮށްގެން ބިރުވެރިކަން އުފެދޭ ގޮތަށް، ސޯޝަލް މީޑިއާ ޕްލެޓް ފޯމެއް ކަމަށްވާ ”އެކްސް“ ގައި އޭނާ ކުރި ޕޯސްޓެއްގެ މައްސަލަ ކަމަށެވެ. އެ މައްސަލައިގައި އޭނާގެ ބަޔާން ނެގުމަށް ހާޒިރުވުމަށް އަންގާފައިވަނީ، މާދަމާ މެންދުރު 1:30 ގައެވެ.

2 Comments
ގުޅުންހުރި
ދާ ޖަހައިގެން މަސް ހިފަން ފޭބި މީހާ މަރުވެފައި އޮތްވާ ފެނިއްޖެ
ދާ ޖަހައިގެން މަސް ހިފަން ފޭބި މީހަކު ގެއްލިގެން ހޯދަނީ
ބިދޭސީއެއްގެ ބުރައްކައްޓަށް ވަޅި ޖެހި 16 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފި
ބޮޑެތި ސްކޭމް ނެޓްވޯކުތަކެއް ދިވެހި ފުލުހުންގެ އެހީ އާއެކު ފަޅާއަރުވާލައިފި
ވެހިކަލްތަކުން ވައްކަމުން ކުރަމުން ދިޔަ މީހަކު ހައްޔަރުކޮށްފި
ތިމާވެއްޓާ ރައްޓެހި ބައިސްކަލު ރާއްޖޭގެ ހުރިހާ ސިޓީއަކަށް ތައާރަފުކުރާނަން: ރައީސް