ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ މުވައްޒަފުންތަކެއް އެ ކުންފުނީގެ ތެލުން ވައްކަންކޮސް، އެކަމުން ލިބޭ ފައިސާ ލޯންޑާކުރަމުންދާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
އިހުސާންގެ ރަސްމީ އެކްސް އެކައުންޓުން މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ މައްސަލާގައި ފުލުހުންގެ ހާއްސަ ޓީމުތަކުން 10 މީހުންނާއި ދެ ގެއަކާއި ތެޔޮ އުފުލާ ދެ ބާޖު ބަލައިފާސްކޮށް މައްސަލައާ ގުޅުން ހުރި އިލެކްޓްރޯނިކް ސާމާނާއި ލިޔެކިޔުން ހޯދާފައިވާ ކަމަށެވެ.
ނަމަވެސް އެކަމުގެ ތަފުސީލެއް ނުދެއްވައެވެ. ވިދާޅުވީ، ތަހުގީގު ކުރިއަށްދާ ވަރަކުން ފުލުހުންގެ ފަރާތުން މައްސަލައާ ގުޅޭ އިތުރު ތަފުސީލު ހާމަކުރައްވާނެ ކަމަށެވެ.
”މިފަދަ މައްސަލަތައް ހޯދާ ފުރިހަމައަށް، އަވަހަށް ތަހުގީގުކޮށް ވަކި މީހަކު އިސްތިސްނާނުކޮށް ގާނޫނީ ފިޔަވަޅު އެޅުމަކީ ރައީސް ޑރ. މުއިއްޒު ވަރަށް އިސްކަންދެއްވާ ކަމެއް،“ އިހުސާންގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
އެފްއެސްއެމްގެ ތެލުން ވައްކަން ކުރިކަމުގެ ތުހުމަތު އެ ކުންފުނީގެ މުވައްޒަފުންތަކަކަށް ކުރާއިރު، ބިދޭސީންގެ ކަންކަމުގައި އެކި ފަރާތްތަކުން ރިޝްވަތު ނަގާކަމުގެ ތުހުމަތުގައި މޯލްޑިވްސް އިމިގްރޭޝަންގެ ފަސް މުވައްޒަފެއްގެ މައްސަލަވެސް ފުލުހުން ދަނީ ބަލަމުންނެވެ.




4 Comments
ގުޅުންހުރި
މަޖިލީހުގެ އާ ދައުރަށް ބަޖެޓު ފާސްކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ
ދެ އިންތިހާބު އެކުގައި ބާއްވަން އެމްޑީޕީން މިހާރު ބޭނުންނުވަނީ އިންތިހާބަށް ކަޑަ
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި