ސަރުކާރުގެ ވަޒީފާތަކުން ރިޓަޔާ ކުރާ މީހުންނަށް ކޮންމެ މަހަކު ދެމުން އަންނަ އެލަވަންސް ކަނޑާލަން ސަރުކާރުން ނިންމި ނަމަވެސް، އެ ނިންމުން ބަދަލުކޮށް އެލަވަންސް ދޭން އަލުން ނިންމައިފި އެވެ.
އަލަށް ރިޓަޔާ ކުރާ މީހުންނަށް ޕެންޝަން ނުދޭން ކުރިން ނިންމި ނިންމުން ބަދަލުކޮށްފައިވާކަން އަންގައި ފިނޭންސް މިނިސްޓްރީން ވަނީ މިދިޔަ ހަފުތާގައި އިދާރާތަކަށް ސިޓީއެއް ފޮނުވައިފައެވެ.
އެނގިފައިވާ ގޮތުގައި ޕެންޝަން ނުދިނުމަށް ސަރުކާރުން ނިންމި ނިންމުންބަދަލުކުރަން އެންގެވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
އެކަމާ ގުޅިގެން ސަރުކާރުން އަދި ރަސްމީކޮށް މައުލޫމާތު ހާމައެއް ނުކުރެ އެވެ.
ޕެންޝަން ދިނުން ހުއްޓާލަން އަންގައި ފިނޭންސުން މީގެ ކުރިން ފޮނުވި ސިޓީގައި ވަނީ މިއަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އަމަލުކުރަން ފަށާ އުސޫލެއްގެ ދަށުން، ރިޓަޔާ ކުރާ މީހުންނަށް ކޮންމެ މަހަކު ލިބޭ އެލަވަންސް ދެން ނުލިބޭނެ ކަމަށެވެ. ނަމަވެސް ރިޓަޔާ ކުރާ މުވައްޒަފުންނަށް ގަނޑުކޮށް ދޭ ފައިސާ ދެމުންދާނެ ކަމަށެވެ.
އެ ފިޔަވަޅު އަޅަނީ ސަރުކާރުން ޚަރަދު ކުޑަކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ.




12 Comments
ގުޅުންހުރި
މަޖިލީހުގެ އާ ދައުރަށް ބަޖެޓު ފާސްކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ
ދެ އިންތިހާބު އެކުގައި ބާއްވަން އެމްޑީޕީން މިހާރު ބޭނުންނުވަނީ އިންތިހާބަށް ކަޑަ
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ރައީސް މިއަދުވެސް ”ދޮރުންދޮރަށް“ ހަރަކާތަށް
މަގާމަށް އިންތިހާބު ކުރިތާ 45 ދުވަސް ފަހުން ޖޭއެސްސީއަށް ފަނޑިޔާރު ޝަފީއު