ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުވާލަން އެ ޕާޓީގެ ސެނެޓުން ނިންމައިފި އެވެ.
އެ ގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވި އެ ޕާޓީގެ ސެނެޓު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ. އެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ އެ ޕާޓީގެ ދެ ނައިބު ރައީސުން ކަމަށްވާ މި ސަރުކާރުގެ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާއި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނެވެ.
ޕީޕީއެމް އުވާލާން ނިންމި އިރު، އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިދިޔަ ސެޕްޓެމްބަރު މަހު އާންމުކުރި ދަފުތަރުގައިވާ ގޮތުން ރާއްޖޭގެ ދެވަނައަށް އެންމެ މެންބަރުން ގިނަ ޕާޓީއަކީ ޕީޕީއެމް އެވެ. އެ ޕާޓީގެ ރަޖިސްޓްރީގައި 34،698 މެންބަރުން އެބަ ތިއްބެވެ.
ޕީޕީއެމް އުފެއްދީ ޑީއާރްޕީ ދެބައި އުފެދުނު ”ޒެޑް ޑީއާރްޕީ“ ފެކްޝަނުންނެވެ. ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް އިސްވެ ހުންނަވައިގެން އުފެއްދެވި ޕީޕީއެމުން 2013 އަހަރުން 2018 ވަނަ އަހަރަށް ރާއްޖޭގެ ވެރިކަންވެސް ކުރި އެވެ. އެ ޕާޓީގެ ޓިކެޓް ކާމިޔާބު ކުރައްވައި ވެރިކަމަށް ވަޑައިގަތީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެވެ.

4 Comments
ގުޅުންހުރި
އެއް ދުވަހު އިތުބާރު ނުކުރެވޭ ވެރިއަކަށް އަނެއް ދުވަހު އިތުބާރު ކުރެވިދާނެ,
ގައުމުދެކެ ލޯބިވާނަމަ އެމްޑީޕީގެ އެއްވުމަކަށް ނުދާނެ: ފަލާހު
ފިލްމީ ތަރި ޔޫއްޕެ، ޕީއެންސީއަށް ސޮއިކޮށްފި
އެއްވުމުގައި ހަމަނުޖެހުން ހިންގަން އުޅެނީ ސަރުކާރުން ގުރޫޕުތަކަށް ފައިސާ ދީގެން: އެމްޑީޕީ
ޖަމީލާއި މަލީހަކީ މަހު މުސާރައަށް، ޔާމީންއާއެކު އުޅެދޭ ބައެއް: ފަލާހު
ސިޔާސީ ޕާޓީތަކަށް 28 މިލިއަން ރުފިޔާ ދޫކޮށްފި،ޕީއެންސީއަށް 13.3 މިލިއަން