ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ހިންގާނެ އިމާރާތެއް ހޯދުމުގެ ފަހަތުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ ތުހުމަތުތަކެއް އަމާޒުވުމުން، އެ އެއްބަސްވުން ނިމުމަކަށް ގެންނަން އެންސްޕާ އިން ނިންމައިފި އެވެ.
އެންސްޕާ އަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް އަމާޒުވީ ސަރުކާރު ޕްރޮމޯޓް ކުރުމަށް އެމްއެމްޓީވީގެ ނަމުގައި ދާދި ފަހުން ހިންގަން ފެށި ޓީވީ ޗެނަލްގެ ކުންފުނި، މޯލްޑިވްސް މީޑިއާ ހައުސް އިން ފަސް އަހަރު ދުވަހަށް، އިމާރާތެއް ކުއްޔަށް ހިފުމުންނެވެ.
އެންސްޕާ ހިންގުމަށްޓަކައި ޖުމުލަ 34 މިލިއަން ރުފިޔާއަށް ތިން ފްލޯ ކުއްޔަށް ހިފީ ކުރީގެ މިނިސްޓަރު އަހުމަދު ތަސްމީން އަލީގެ އާއިލީގެ މއ. ސީރާޒީގެއިންނެވެ. އެއީ މޯލްޑިވްސް މީޑިއާ ހައުސިން ދިގު މުއްދަތަކަށް ކުއްޔަށް ނަގާފައިވާ ފްލޯތަކެކެވެ.
އެތަން އެންސްޕާ އިން ކުއްޔަށް ހިފީ ނެޝަނަލް ޓެންޑާ ބޯޑުން ހުއްދަ ދީ، އަދި އޯޕަން ޓެންޑަގެ އުސޫލުންނެވެ.
އެ މައްސަލަ ފެންމަތިވުމުން އެކަން ބަލައިދޭން އެންސްޕާއިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި އެދިފައިވަނިކޮށް އެ އެޖެންސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެ އެޖެންސީ ހިންގަން މޯލްޑިވްސް މީޑިއާ ހައުސް އަތުން ކުއްޔަށް ހިފި އިމާރާތާ ގުޅޭ މުއާމަލާތާއި ގުޅިގެން އެ ކުންފުނީގެ އަގު ވައްޓާލައި، ބަދުނާމު ކުރުމަށް ހަގީގަތާއި ހިލާފު އެތައް ވާހަކައެއް ދައްކައި މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން އެއްވެސް އަސްލެއް ނެތް ދޮގު ވާހަކަތައް ފަތުރަމުންދާ ކަމަށެވެ.
އެކަމުގެ ސަބަބުން އެ ކުންފުންޏަށް މާއްދީ އަދި މައުނަވީ ގޮތުން ފޫނުބެދޭ ވަރުގެ ބޮޑު ގެއްލުމެއް ކުރިމަތިވެފައިވާތީ، އެ އެއްބަސްވުން ނިމުމަކަށް ގެނައުމަށް އެ ކުންފުނިން ހުށަހަޅާފައިވާ ކަމަށް ބުންޏެވެ.
އެންސްޕާ އިން ބުނީ، އެކަމާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީއާ މަޝްވަރާ ކުރުމަށްފަހު އެ އެއްބަސްވުން ނިމުމަކަށް ގެނައުމަށް އެ އެޖެންސީން ނިންމާފައިވާ ކަމަށެވެ.
އަދި އެކަމާ ގުޅިގެން އިތުރަށް ކުރަންޖެހޭ މުއާމަލާތްތައް ކުރުމާއި އެ އެއްބަސްވުން ނިމުމަކަށް ގެނައުމަށްފަހު ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަކުރުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދާ ކަމަށްވެސް ބުންޏެވެ.
3 Comments
ގުޅުންހުރި
އަމާޒަކީ މިފްކޯގެ ކޮރަޕްޝަން މުލުން ލުހެލުން: ރައީސް
ރައީސް މުއިއްޒު ބައްލަވަނީ ކޮރަޕްޝަން ހިންގި މީހާއަކަށް ނޫން، އެ ކުރި
ރާއްޖެއިން ބޭރުގައި ދިރިއުޅެވޭނެ ތަނަވަސްކަން މޫކޭގައި އެބަހުރި: ޕޮލިސް އިންޓެލް
މައްސަލަތައް ބަލަނީ މި ސަރުކާރަށް ކުރާ ހިޔާނާތުގެ އަޑު ކަޑުވާލަން: އެމްޑީޕީ
އާރްޑީސީ ހިޔާނާތް: މޫކޭއާއި ޔާސިރުގެ އިލެކްޓްރޯނިކް ސާމާނުތަކެއް ހިފަހައްޓައިފި
ފެނަކަ ސައީދަށް ދައުވާކުރަން ފޮނުވައިފި