ފިލިޕީންސްގައި ވެލާ މަހުން ތައްޔާރުކުރި ކެއުމެއް ކައިގެން ތިން މީހަކު މަރުވެއްޖެ އެވެ.
މަގިންޑަނާއޯ ޑެލް ނޯރްތެ ޕްރޮވިންސްގެ މޫދު ކައިރީގައި އޮންނަ އަވަށެއްގައި މިދިޔަ ހަފުތާގައި ހިނގި އެ ހާދިސާގައި ބޭރަށް ހިންގައި ހޮޑުލައި އަދި ބަނޑުގައި ރިއްސުމުގެ ސަބަބުން 32 މީހަކު ހޮސްޕިޓަލްތަކުގައި އެޑްމިޓް ކުރަންޖެހުނެވެ.
ބީބީސީގައި ބުނެފައިވާ ގޮތުން، އެ ވެލާ މަސް ކެއި ބައެއް ކުއްތާއާއި ބުޅަލާއި ކުކުޅުތައްވެސް ވަނީ މަރުވެފަ އެވެ.
ފިލިޕީންސްގެ ތިމާވެށި ރައްކާތެރިކުރުމާބެހޭ ގާނޫނުގެ ދަށުން ވެލާ ހިފައި ކެއުމަކީ މަނާ ކަމެއް ނަމަވެސް އެ ގައުމުގެ ބައެއް ސަރަހައްދުތަކުގައި ވެލާ ހިފައި އޭގެ މަހާއި ބިސް ކައި ހަދަ އެވެ. ފިލިޕީންސްގެ ބައެއް ސަގާފަތުތަކުން ގަބޫލުކުރާ ގޮތުގައި ވެލާ މަހާއި އޭގެ ބިހަކީ ބޭހުގެ ބައިތައް ހިމެނޭ އެއްޗިއްސެވެ.
ބައެއް ފަހަރު ވެލާތައް ތަގައްޔަރުވެފައި ހުންނަ ފެހި ކައި ހަދައެވެ. އެފަދަ ވެލާ ކައްކައިގެން ކެއި ނަމަވެސް އޭގެ ނުރައްކާ އިންސާނުންނަށް ކުރެ އެވެ.
އެގޮތުން 2013 ވަނަ އަހަރު ފިލިޕީންސްގައި ވެލާ މަސް ކައިގެން ހަތަރު މީހަކު މަރުވެ، 68 މީހަކު ބަލިވެގެން ފަރުވާ ދޭން ޖެހުނެވެ.

1 Comment
ގުޅުންހުރި
ހަނިމާދޫ އެއާޕޯޓް ވިއްކާލަން އުޅޭ ކަމަށް ބުނެ ޔާމީން ދެއްކީ ބުހުތާނު
ފަރުވާއަށް ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި އެމްބިއުލާންސް ހަލާކުވެ, މީހާ މަރު!
އޮންލައިންކޮށް ދިމާވި ކުއްޖާއާ ބައްދަލުކުރަން ދިޔަ މީހާ މެހުނީ މަޅިއަކަށް, ރަހީނުކޮށް
އާދިއްތަ ދުވަހުން ފެށިގެން މޯލްޑިވިއަންގެ ފްލައިޓުތަކުގައި ޕަވާ ބޭންކް ބޭނުންކުރުން މަނާ
ރައީސްގެ ސްކޮލަޝިޕަށް ކުރިމަތިލާން ހުޅުވާލައިފި
މީހަކު ރަހީނު ކުރި މައްސަލައިގައި ހައްޔަރު ކުރި މީހާ ޝަރީއަތް ނިމެންދެން