ވަގަށް ނެގި ފޯނުގެ ސިމް ބޭނުންކޮށްގެން ވެރިފަރާތަށް ގުޅައި، ފައިސާއަށް ޑިމާންޑް ކުރަމުންދިޔަ މީހަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 35 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން އޭނާ ހައްޔަރުކުރުމަށްފަހު ބަންދާއިދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 10 ދުވަސް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.
އެ އަމުރުގައި ބުނީ މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ސިމް ބޭނުންކޮށްގެން، އެ މީހާއަށް ގުޅައި، ފައިސާދޭން ބުނެ ވަކި ތަނަކަށް ދާން އެންގި ކަމަށެވެ. އަދި އެ މީހާ ފުލުހުންނަށް އެކަން އެންގިއިރު، ފުލުހުން އެތަނަށް ދިޔައިރު ފޯނު ވަގަށް ނެގި މީހާ އެތަނުގައި ހުރި ކަމަށް ބަންދު އަމުރުގައި ވެއެވެ.
ފުލުހުން ބުނެފައި ވަނީ އޭނާ އަތުގައި އޮތް ފޯނުން، އެ ސިމްކާޑު ފެނުނު ކަމަށެވެ.
މި މައްސަލައާ ގުޅިގެން މި މީހާ ބުނީ އޭނާގެ ރައްޓެއްސަކު ފޯނު ދީފައި މީހަކު އަތުން ފައިސާ ނަގައި ދިނުމަށް އެދުމުން އެތަނަށް އޭނާ ދިޔައީ ކަމަށާއި، މިއީ އޭނާއާ ގުޅުން ހުރި ކަމެއް ނޫން ކަމަށެވެ.




1 Comment
ގުޅުންހުރި
އޭސީ އައުޓްޑޯ ޔުނިޓެއް ވަގަށް ނެގި މީހާ ބުނީ އެއީ މީހަކު
މަސްވެރިންގެ މުޒާހަރާ: ފުލުހުންގެ ފައުޖެއް އަރައި މައުރޫފާއި 3 މީހަކު ހައްޔަރުކޮށްފި
64 އަހަރުގެ ލޯބިވެރިޔާގެ ބުރަކައްޓަށް ވަޅިން ހަމަލާދިން 32 އަހަރުގެ މީހާ
މާރާމާރީ ހިންގި ފުލުސް މީހާ ބުނީ ނުނިދާ ހުރުމުން ހުރީ ހަމައިގައި
ވޭޕް ވިއްކަމުންދިޔަ ބަޔަކު ހޯދައި، ވޭޕް ވިއްކަން ބޭނުންކުރާ ފޭސްބުކް ޕޭޖެއް
ހުޅުމާލޭ މަގުތަކުގައި ގަވައިދާ ހިލާފަށް ޕާކުކޮށްފައި ހުރި ދުވަސްވީ އުޅަނދުތައް ޓޯކުރަން