ދަރިވަރުންތަކެއްގެ އުމުރާ ނުގުޅޭ ވާހަކަ ދައްކައި ދަރިވަރުން ގްރޫމްކުރި ޓީޗަރެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.
މި މައްސަލަ ފުލުހަށް ރިޕޯޓު ކޮށްފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 17ވަނަ ދުވަހުއެވެ. ފުލުހުން ބުނީ މި މައްސަލަ ރިޕޯޓު ކުރީ މ، ފ، ދ، ތ، ލ. އަތޮޅުގެ ތެރެއިން އަތޮޅެއްގެ ރަށަކުން ކަމަށެވެ. މި މައްސަލައަކީ ކުޑަކުދިން ޝާމިލުވާ މައްސަލައަކަށް ވުމުން، ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރި ކުރުމުގެ ގޮތުން ކުއްޖާ ނިސްބަތްވާ ރަށް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
ފުލުހުން މިއަދު ބުނީ މިދިޔަ މަހުގެ 25 ވަނަ އެ ޓީޗަރުގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި ޕީޖީއަށް ފޮނުވައިފައިވާ ކަމަށެވެ.
މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރީ އުމުރުން 29 އަހަރުގެ ފިރިހެނެކެވެ. އޭނާ ހައްޔަރު ކުރީ އޮކްޓޯބަރު 27ވަނަ ދުވަހުއެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 20 ދުވަހަށް ބަންދުކުރަން މުއްދަތު ޖެހިއެވެ. އަދި އެއަށްފަހު 30 ދުވަހަށް ބަންދުކުރަން އަމުރުކުރި އެވެ.




ގުޅުންހުރި
އެލައިޑުން ކުރިއަށްގެންދާ ރައްކާ ކެމްޕޭން ހިންގަން ފުލުހުންނާއެކު ސޮއިކޮށްފި
އެކްސްކެވޭޓަރުން ކުނިތައް ނެގީ އަމީން މިއާގެ ހަށިގަނޑާއެކު، މަރުވީ ކުނިތަކާއެކު ވަޅުލެވިގެން!
ބައި ކިލޯގެ ޑުރަގާއެކު ހައްޔަރުކުރުމުން ބަންދަށް ޖެހީ 5 ދުވަސް!
”ރާޔާ މާލެ“: މިއީ ސްކޭމެއް!
ދަރިވަރުންތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ ޓީޗަރެއްގެ މައްޗަށް ފަސް ދައުވާއެއް
އޮޅުވާލައިގެން ފައިސާ ހޯދައި، މަނީ ލޯންޑާ ކުރަމުންދިޔަ ބަންގްލަދޭޝް ގުރޫޕެއް އަތުލައިގެންފި