ސަރުކާރަށް އެމްޑީޕީގެ ޖަލްސާއަށް ހުރަސް އަޅާކަށް ނުކުރޭނެ ކަމަށާއި މަގުމަތީގައި ވިޔަސް ޖަލްސާ ބާއްވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
ކާނިވާ ސަރަހައްދުގައި މާދަމާ ރޭ ބާއްވާ އެމްޑީޕީގެ ޖަލްސާގެ މައުލޫމާތުދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ ގާނޫނީ އިމުގެ ތެރެއިން ކުރަން އުޅޭ ކަންކަމަށް ގާނޫނާ ހިލާފަށް އެއްވެސް ބަޔަކު ހުރަސް އަޅައިފި ކަމަށްވަންޏާ، މިހާރު ގާނޫނުއަސާސީ އޮތްގޮތުން މަގުމަތީގައި ވެސް ހަރަކާތްތައް ބޭއްވޭނެ ކަމަށެވެ.
”ޖަލްސާ ބާއްވަން ހުރަހެއް ނާޅާނެ، ނުކެރޭނެ. 100 ޕަސަންޓު ޔަގީން އަޅުގަނޑުމެން ކާނިވާ ސަރަހައްދުގައި ބާއްވާ ޖަލްސާއަށް ހުރަހެއް އަޅާކަށް ނުކެރޭނެ، އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން. މިސާލަކަށް އެޅީޔޯ، މަގުމަތީގައި އަޅުގަނޑުމެން ޖަލްސާ ބާއްވާނީ. އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން އެއީ،“ އޭނާ ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ މަގުމައްޗަށް ނެރެން ބޭނުން ކަމަށްވަންޏާ، ސަރުކާރުން އެގޮތަށް އެންގުމުން މަގުމައްޗަށް ނުކުންނަން ތައްޔާރަށް ތިބި ކަމަށާއި އެމްޑީޕީއަކީ އަބަދުވެސް ރޭވުންތެރިކަމާއެކު ވަކި އުސޫލުތަކެއްގެ ދަށުން ސިޔާސީ ހަރަކާތް ރާވަމުން އަންނަ ޕާޓީއެއް ކަމަށެވެ. އަދި ޖަލްސާ ބާއްވަން ޖެހެނީ ސަރުކާރުން އަމަލުކުރާ ގޮތުން، ސަރުކާރަށް އަޑު އިއްވުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
”އަޅުގަނޑުމެން އެއް އަހަރު ދުވަސް ސަރުކާރަށް ދީފިން. އަޅުގަނޑުމެން އެކިއެކި ތަންތަނުގައި ގައުމު މިދާ މިސްރާބު ގޯސް ވާހަކަ ބުނަމުން، ދައްކަމުން މިދަނީ. އަޑެއް ނީވެ، އެހެންވީމާ އަޅުގަނޑުމެންނަށް މަޖުބޫރުވޭ އަޅުގަނޑުމެންގެ ޕިޗު ހައި ކޮށްލަން، އަޑު ބާރުކޮށްލަން. އެހެންވީމާ އަޅުގަނޑުމެން ކުރާ ކަމެއް މާދަމާ ރޭގެ ޖަލްސާއަކީ،“ އޭނާ ވިދާޅުވިއެވެ.
ފައްޔާޒް އިތުރަށް ވިދާޅުވީ އެ ޖަލްސާ އިން ވެސް ސަރުކާރަށް އަޑު ނީވިއްޖެއްޔާ އެއަށްވުރެ ބޮޑަށް އަޑުއިވޭނެ ކަންކަން ރާވާނެ ކަމަށާއި އެ ކަންކަމަށް ސަރުކާރަށް ހުރަސް އަޅަން ނުކުރެވޭނެ ކަމަށެވެ.

2 Comments
ގުޅުންހުރި
ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ބަލައި ފާސްކުރި ގެތަކުން އެއްވެސް އެއްޗެއް
ޒަކިއްޔާގެ މަރުގެ މައްސަލަ ބަލަންވެސް ކޮމިޝަނެއް އުފައްދަން އާއިލާއިން އެދިއްޖެ
ރަސްމާލެ މަޝްރޫއު: އަހަރެއް ތެރޭ ހިއްކާ ނިމުނީ 10 ޕަސެންޓް!
ހިމާޔަތް ކޮށްފައިވާ ފިނޮޅެއްގައި އަލިފާން ގެންގުޅެ، އަޑުގަދަ ކުރުމުން 4 ލައްކަ
އަޅުގަނޑަކީ އެއްވެސް އިރަކު އަނިޔާވެރިކަމާއި ތަފާތުކުރުން އިސްކުރި މީހެއް ނޫން: ރައީސް
އެއްވެސް ކަމެއް ފޮރުވާކަށް ނޫޅެން، އިންސާފުގެ ކުރިމަތީގައި އެއްވެސް މީހަކު މުހިންމެއް