ހައުސިން މިނިސްޓްރީ ހިންގާ އިމާރާތުގައި ރޯވެ އެއްބައި އަރި އަޅާލައިފި އެވެ.
އަލިފާން ރޯވިތާ ގަނޑިއެއްހާއިރު ވެފައިވާއިރު އަދިވެސް ކޮންޓްރޯލް ކުރެވިފައެއް ނުވެ އެވެ. އިމާރާތުގެ ބައެއްގައި ރޯވި ނަމަވެސް މިހާރު ވަނީ ހައުސިން މިނިސްޓްރީ ހިންގާ މުޅި އިމާރާތަށް އަލިފާންގަނޑު ފެތުރިފަ އެވެ.
އަދި އެ އިމާރާތުގެ އެއްބައި މިހާރު ވަނީ އަރި އަޅާލައިފަ އެވެ.
އެމްއެންޑީއެފް އިން ބުނީ އެ އިމާރާތް ވަަށައިގެން ހުރި އެހެން އިމާރާތްތަކުން ވެސް މިހާރު މީހުން ހުސްކޮށްފައިވާ ކަމަށެވެ. މިހާރު ބޮޑަށް މަސައްކަތް ކުރަމުން ދަނީ އެހެން އިމާރާތްތަކަށް އަލިފާން ފޯރިޔަ ނުދިމުމަށް ކަމަށް ވެސް ބުންޏެވެ.
މިހާދިސާގެ ސަބަބުން މުޅި ސަރަހައްދަށް ވަނީ ދުމުގެ އަސަރު ކޮށްފަ އެވެ. އަލިފާން ރޯވާން ދިމާވި ސަބަބު އަދި ސާފެއް ނުވެ އެވެ.

2 Comments
ގުޅުންހުރި
ކައުންސިލު އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގެ ބޮޑު ޕަސަންޓެއް ޒުވާނުންނަށް
ހަ މަސްތެރޭ ޕީއެންސީން 300 މެންބަރުން ވަކިވި!
އިންވެސްޓްކުރާ މަހުޖަނުންނަށް ރާއްޖޭގައި ދިރިއުޅެން އަގުބޮޑު ގެ އާއި ލުއިތައް ހޯދައި
ރާއްޖޭގައި ޓޫރިސްޓުން ހޭދަކުރާ ދުވަހުގެ އަދަދު 12 ޕަސެންޓު ދަށަށް
އިންވެސްޓްކުރާ މަހުޖަނުންނަށް ރާއްޖޭގައި ދިރިއުޅެވޭ ގޮތް ހެދުމުގެ މަޝްރޫއެއް ފަށައިފި
މަހަށް ނުކުތް ޒުވާނުންތަކެއް މާވަހަރެއް ހޮވައިފި