މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ހުސްވެފައިވާ މެންބަރުގެ މަގާމަށް 12 ބޭފުޅެއްގެ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.
ބްރޯޑްކޮމް އިން ދެ މެންބަރެއްގެ ގޮނޑި ހުސްވީ އެ ކޮމިޝަންގެ ރައީސާގެ މަގާމުގައި ހުންނެވި މަރިޔަމް ވަހީދާ އާއި މެންބަރު އަލީ ޔޫސުފުގެ މެންބަރުކަމުގެ މުއްދަތު މި މަހުގެ ފަސް ވަނަ ދުވަހަށް ހަމަވުމުންނެވެ.
ރައީސް މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީގައި ވަނީ ބްރޯޑްކޮމްގެ މެންބަރު ކަމަށް ކުރިމަތިލުމަށް އާންމުކޮށް އިއުލާން ކުރުމުން އެކަމަށް އިޖާބަ ދެއްވި ބޭފުޅުންގެ ތެރެއިން އެ މަގާމަށް ޝަރުތު ހަމަވާ ބޭފުޅުންގެ ނަންފުޅާއި އެ ބޭފުޅުންގެ މައުލޫމާތު އެ މަގާމުތަކަށް އައްޔަންކުރުމަށް އިސްކަންދޭ ތަރުތީބުން ހުށަހަޅުއްވާފަ އެވެ.
އެގޮތުން އެ މަނިކުފާނުގެ ލިސްޓުގެ އެންމެ ކުރީގައި ހިމެނޭ ދެ ނަމަކީ ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ފިލްމީ ތަރި މުހައްމަދު އަބްދުﷲ (މުހައްމާ) އާއި ރައީސް އަބްދުﷲ ޔާމީންގެ ކުރީގެ ތަރުޖަމާން އިބްރާހިމް މުއާޒު އަލީ (ޓީވީ މުއާ) އެވެ.
ދެން އެ ލިސްޓުގައި ހިމެނިވަޑައިގަންނަވަނީ:
- އިބްރާހީމް އަޝްރަފް، ވ. މަށިވެލި
- ލެފްޓިނެންޓް ކާނަލް ރިޓަޔަޑް ޒުބައިރު އަހުމަދު މަނިކު، ގ. މަލްވިނަ
- އަބްދުﷲ ހުމައިދު، ފަޒާ، ޅ. ހިންނަވަރު
- އާއިޝަތު ދިޔާނާ ތޯހިރު، ސެވަން ސްޓާ، ސ. ހިތަދޫ
- އައިމިނަތު ސަރާހަތު އިއްޒަތު، ގ. ގޮފި
- ޝިމްލާ އަހުމަދު، އާސްޓްރަލްގެ، ސ. ހިތަދޫ
- އިސްމާއީލް ޝަފީގު، މ. ސްލީޓް
- ޝިފްޒާ މުސްތަފާ، މާދަނޑު، އާސާނު، ޏ. ފުވައްމުލައް
- އަލީ ނިޝާން، ގ. ކޫލް ގްރާސް
- މުހައްމަދު ޝަމީމް، ހ. ޕްރިޓީ ވިލާ




28 Comments
ގުޅުންހުރި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ރައީސް މިއަދުވެސް ”ދޮރުންދޮރަށް“ ހަރަކާތަށް
މަގާމަށް އިންތިހާބު ކުރިތާ 45 ދުވަސް ފަހުން ޖޭއެސްސީއަށް ފަނޑިޔާރު ޝަފީއު
ތެލަސީމިއާ ސެންޓަރުން ހުކުރު ދުވަސްތަކުގައި ވެސް ހިދުމަތްދޭން ފަށައިފި
އިންސާނީ ކަރާމާތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ މަސައްކަތުގައި ރާއްޖެ ދެމިއޮންނާނެ: ރައީސް
ކައުންސިލު އިންތިހާބަށް ޕީއެންސީގެ ޑޯޓުޑޯ ހަރަކާތުގައި ރައީސް ބައިވެރިވެވަޑައިގެންފި