މީޑިއާތަކަށް ފައިސާ ދިނުމުގެ ގޮތުން ހަދަމުންދާ އުސޫލުގެ ކަންކަން މިހާރު އޮތީ އެންމެ ފަހުގެ މަރުހަލާގައި ކަމަށް ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް) ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުން އަންނަ އަހަރަށް ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓުގައި ދައުލަތުގެ އާމްދަނީން މީޑިއާތަކަށް 0.1 ޕަސެންޓު ކަނޑައަޅަން ވަނީ ހިމަނައިފަ އެވެ.
އޮންލައިން ނޫހަކަށް މައުލޫމާތު ދެއްވަމުން އަސްވާޑު މިއަދު ވިދާޅުވީ އަންނަ އަހަރު މީޑިއާތަކަށް ދިނުމަށް ބަޖެޓުގައި ކަނޑައެޅީ 27.9 މިލިއަން ރުފިޔާ އެވެ.
އޭނާ ވިދާޅުވީ މީޑިއާތަކަށް ބަޖެޓުން ފައިސާ ދިނުމުގެ އުސޫލު އެކުލަވައިލުމުގެ މަސައްކަތް ޔޫތު މިނިސްޓްރީން ފަށައިފައިވާ ކަމަށެވެ. އެ އުސޫލާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީ އާއި ކަމާބެހޭ އިދާރާތަކާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
މީޑިއާތައް މާލީ ގޮތުން ބާރުވެރި ކުރުވުމަށް ދައުލަތުގެ ބަޖެޓުން ވަކި އަދަދެއް ކަނޑައެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ގުޅުންހުރި
ލަންކާގެ ނޫސްވެރިން ރާއްޖޭގެ ހައި ކޮމިޝަން ކުރިމަތީ މުޒާހަރާ ކުރަން ނިންމައިފި
މީޑިއާ ބިލު ދިރާސާކުރާ ކޮމިޓީ މިއަދުވެސް ސިއްރު
މީޑިއާ ބިލް ދިރާސާކުރާ ކޮމިޓީ ސިއްރުކޮށްފި
މީ 100 ޕަސަންޓް ޕްރޯ މީޑިއާ ސަރުކާރެއް: ރައީސް
ކޮމިޝަނުގައި ރައީސްގެ ތިން މެމްބަރުން ތިބެން ރައީސް ބޭނުންފުޅެއް ނުވޭ: ޚަލީލް
އުލުބައިންދާ ވާހަކައަށް ހަލީލާއި އަސްވާޑުގެ ބަހެއް ނެތް