ތިން މިނިސްޓްރީއެއް ހިންގަމުން އަންނަ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާ ތަހުގީގު ކުރުމަށް އިންޑިއާގެ ތަޖުރިބާކާރުންގެ ހާއްސަ ޓީމެއް ރާއްޖެ އައިސްފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް (ސީޕީ) އަލީ ޝުޖާއު ވިދާޅުވެއްޖެ އެވެ.
ޝުޖާއު މީޑިއާތަކަށް ފޮނުވި މެސެޖުގައި ވިދާޅުވީ، އެ މީހުން މިހާރު ދިވެހި ފުލުހުންނާއެކު ތަހުގީގުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އިންޑިއާގެ ތަޖުރިބާކާރުންގެ ހާއްސަ ޓީމެއް ރާއްޖެ އައިކަން ސީޕީ ވިދާޅުވި ނަމަވެސް އެއީ އެ ގައުމުގެ ކޮން އިދާރާއެއްގެ ބައެއް ކަމެއް، އެ ޓީމުގައި ހިމެނެނީ ކިތަން މީހުން ކަމެއް އަދި އެ ޓީމު ރާއްޖެ އައިސްފައިވަނީ ކޮންއިރަކު ކަމެއް ވިދާޅެއް ނުވެ އެވެ.
އަލިފާނުގެ ހާދިސާގެ ތަހުގީގަށް އިންޑިއާގެ ހާއްސަ ޓީމެއް ރާއްޖެ އައި އިރު، އެކަމުގެ ތަހުގީގަށް ރާއްޖެއިން ބޭރުގެ އެހީ ހޯދަން ނިންމާފައިވާ ކަމަށް ސީޕީ މި މަހުގެ 14 ވަނަ ދުވަހު ވަނީ ވިދާޅުވެފަ އެވެ.
ތިން މިނިސްޓްރީއާއި މާލެ ސިޓީ ކައުންސިލްގެ އިދާރާގެ ބައެއް ހިންގަމުން އައި މ. ގްރީން ބިލްޑިންގުގައި އަލިފާން ރޯވީ މި މަހުގެ 12 ވަނަ ދުވަހުގެ ހެނދުނު 6:40 ހާއިރެވެ. އެ ހާދިސާގައި ފުރަތަމަ ރޯވީ ހައުސިން މިނިސްޓްރީގަ އެވެ. އޭގެ ފަހުން، ހުޅުގަނޑު ބޮޑުވަމުން ގޮސް، އެ އިމާރާތުގައި ހިންގާ ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެ ތަނާ ޖެހިގެން ހުންނަ އެންވަޔަރަންމެންޓް މިނިސްޓްރީގައި ރޯވި އެވެ.
ހަތަރު ގަޑިއިރު ފަހުން އަލިފާން ނިއްވާލިއިރު މުޅި ތަން ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައި ހުލިވެފަ އެވެ.

16 Comments
ގުޅުންހުރި
ކުއްލި ގޮތަކަށް މަރުވި ކޫބެއަކީ އިރަމްގެ ފިރިމީހާ، ކައިވެންޏަށް އަދި އަހަރެއް
ފުވައްމުލަކުގައި ކަރަންޓުގައި ޖެހިގެން ޒުވާނަކު މަރުވެއްޖެ
ނޫސްވެރިންނާ ބައްދަލުނުކުރައްވާތާ 515 ދުވަސް ފަހުން ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވަނީ
ސިނގިރޭޓް މަނާކުރުމުގައި ގިނަ މީހުން ބޭނުންވި ގޮތާ ހިލާފަށް ނިންމީ އިހުތިރާމް
އެމްޑީޕީ އޮތީ އެކަތިގަނޑެއްގެ ގޮތުގައި، ދައުވާކޮށްގެން ފަހަތައް ނުޖެއްސޭނެ: ސޯލިހު
ކުޑަކުއްޖަކު ލައްވާ އޮރިޔާންކާޑު އުފެއްދި މީހަކު 20 އަހަރަށް ޖަލަށް