އެ މަނިކުފާނު ސަރުކާރުގެ މަގާމުތަކަށް މީހުން އައްޔަން ކުރައްވަނީ ވައްކަން ކުރަން ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގެ ބޭރުގައި ހުންނަވައި ނޫސްވެރިންނަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ ހިޔާނާތެއް ނުވަތަ ގަވާއިދާ ހިލާފަށް ހިންގާ ކަމެއް ހުއްޓުވުމަށް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށާއި އެގޮތުން މީގެ ކުރިންވެސް އެފަދަ މައްސަލަތަކުގައި އެކި މީހުންނަށް ފިޔަވަޅު އަޅަން ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާނެ ކަމަށެވެ.
އަދި ބޭނުންފުޅު ވަނީ އެ މަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް ކޮރަޕްޝަނާއި ފަސާދައާއި ނުގަވާއިދުން ހިންގާ ކަންކަމުން ދުރުވެފައިވާ ސަރުކާރެއް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ، ސަރުކާރުގެ އެކި މަގާމުތަކަށް އެ މަނިކުފާނު މީހުން އައްޔަން ކުރައްވަނީ ތެދުވެރިކަމާއި އަމާނަތްތެރިކަމާއެކު ރައްޔިތުންނަށް ހިދުމަތް ކުރުމަށް ކަމަށެވެ.
”އަޅުގަނޑު މަގާމުތަކަށް މީހުން ލަނީކީ ވައްކަންކުރާކަށް ނޫން. ކޮރަޕްޝަން ހިންގާކަށް ނޫން، ގަވާއިދާހިލާފު ކަމެއް ކުރާކަށް ވެސް ނޫން،“ ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު އިތުރަށް ވިދާޅުވީ ކުރީ ސަރުކާރުން ގަވާއިދާ ހިލާފަށް ކޮށްފައިވާ ކަންތައްތަކަށް ޖަވާބުދާރީ ވަނީ އެ ސަރުކާރަކުން ކަމަށާއި އެ މަނިކުފާނުގެ ސަރުކާރުގައި ކޮރަޕްޝަނަށް ޖާގަ ނޯންނާނެ ކަމަށެވެ.




8 Comments
ގުޅުންހުރި
ގެދޮރުވެރިޔާ ފުލެޓުގެ ޑައުންޕޭމަންޓަށް ރަނގަޅު ހައްލެއް ހޯދައިދޭނަން: ރައީސް
ޕޮއިންޓު ބަދަލުކޮށްގެން އެއްވެސް މީހަކަށް ފުލެޓުދީފައެއް ނުވާނެ: ރައީސް
ޝަމްއާނަށް ގާޒީގެ އިންޒާރު: ހެޑްލައިން ހެދުމަށް ފުރުސަތެއް ނުދޭނަން!
ނަރުހުންނާއި ޓީޗަރުން ހިމެނޭހެން ވަޒީފާތަކަށް ބިދޭސީން ގެނައުން މަނާކުރަނީ
ފިހިގެން ނިޔާވި ސްޓެލްކޯގެ މުވައްޒަފުގެ ޖަނާޒާ މިރޭ ހުޅުމާލޭގައި ބާއްވަނީ
މާރާމާރީ ހިންގި މައްސަލައެއްގައި އަނެއްކާވެސް ފުލުހަކު ހައްޔަރަށް