ކުރީ ސަރުކާރުގެ ފަސް އަހަރު ނިމުނުއިރު، މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން އޮތީ ދެ ބިލިއަން ރުފިޔާ އިން ދަރުވާލައިފައި ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު ކެޕްޓަން މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލީޓަށް ގެނައި ފުރަތަމަ ވައިޑް ބޮޑީ މަތިންދާބޯޓު ގެނައުމަށް މިއަދު ހަވީރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ، ގައުމީ އެއާލައިން 2000 ވަނަ އަހަރު ފެށީ، ސަރުކާރުގެ ހަތަރު މިލިއަން ރުފިޔާގެ ޕެއިޑް އަޕް ކެޕިޓަލަކުން ކަމަށެވެ.
އަދި 2018 ވަނަ އަހަރު އައިލެންޑް އޭވިއޭޝަންގެ މުދަލުގެ އަގަކީ 2.8 ބިލިއަން ރުފިޔާ ކަމަށާއި އެ އަހަރު އެ ކުންފުންޏަށް ދެ ބިލިއަން ރުފިޔާގެ އާމްދަނީއަކާއެކު ސާފު ފައިދާގެ ގޮތުގައި 89 މިލިއަން ރުފިޔާ ލިބުނު ކަމަށް ވިދާޅުވި އެވެ.
”ނަމަވެސް 2023 ނިމުނުއިރު ފަސް އަހަރު ދުވަހުން ކުންފުނި އޮތީ ދެ ބިލިއަނަށްވުރެ ބޮޑު ދަރަނީގައި“ އަމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، 2023 ވަނަ އަހަރު ނިމުނުއިރު މޯލްޑިވިއަންގެ ޑޭޝް 8 މަރުކާގެ ހަތަރު މަތިންދާބޯޓު އޮތީ ބޭނުން ނުކުރެވޭ ހާލަތުގައި ކަމަށެވެ. އަދި ކުރީގެ ސަރުކާރުގެ ތެރޭގައި ބޮޑެތި އަދަދުތަކުން ކްރެޑިޓަށް ދަތުރުތައް ކޮށްފައި ހުރުމުން އެ ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވި އެވެ.

13 Comments
ގުޅުންހުރި
ދިރިއުޅޭ ގޭގެ ޖިނާއީ ކުށެއް ކުރި ނަމަވެސް އެ ހުރިހާ ކަމަކަށް
ޔުމްނު ”ވެއްޓުނު“ ހާދިސާގައި ބޮޑުބޭބެ ކިޔާ ދެ މީހަކު ބައިވެރިވި ކަމަކަށް
އެތެރޭގެ އުދުހުންތަކުގެ އަގު ކުޑަ ކުރުމުގެ މަސައްކަތް އެބަ ކުރިއަށްދޭ: އަމީން
ސަރުކާރުން ފަށާ ޓެކްސީ ލައިންގެ ޓެކްސީތަކަށް ހަނި ގޯޅިތަކަށް ވަދެވޭނެ: އަމީން
އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުރާދީވާން އަމީނަށް ލިބޭނީ އެއްގަނޑިއިރު
އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ނޯޓިސް ފޮނުވައިފި