މަތީ ތައުލީމުދޭ 101 މަރުކަޒެއްގެ ޕްރޮގްރާމްތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)ން ގަބޫލުނުކުރަން ނިންމައިފި އެވެ.
އެމްކިޔުއޭއިން މިއަދު ނެރުނު އިއިލާނެއްގައި ބުނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި ރަޖިސްޓްރީ ނުކުރާ 101 މަތީ ތައުލީމު މަރުކަޒެއްގެ ޕްރޮގްރާމްތައް މިއަދުން ފެށިގެން ބާތިލުކޮށްފައިވާ ކަމަށެވެ.
މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތައް ހިންގޭނީ މަތީ ހަޔާ އެޑިއުކޭޝަންގައި ރަޖިސްޓްރީ ކުރުމަށް ފަހުގައި ކަމަށް އެމްކިއުއޭއިން ބުންޏެވެ. މިއަދާ ހަމައަށް ރީ-ރަޖިސްޓާ ކޮށްފައިނުވާ 101 މަރުކަޒެއްގެ ނަން ހިމެނޭ ލިސްޓެއް އެ ވުޒާރާއިން އެމްކިއުއޭއާ ހިއްސާ ކޮށްފައިވާ ކަމަށް އެމްކިޔުއޭއިން ބުންޏެވެ.
އެ ނިންމުމާ ގުޅިގެން، އެ 101 މަރުކަޒަކުން ކުރިން ހުއްދަދީގެން ހިންގަމުން އައި ޕްރޮގްރާމްތައް މިއަދުން ފެށިގެން މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނުގެ 21 ވަނަ މާއްދާގެ (ބ) ގެ ދަށުން އެމްކިއުއޭއިން ގާބޫލުނުކުރާނެ ކަމަށް އެމްކިޔުއޭއިން ބުންޏެވެ.
އެމްކިއުއޭގެ ވެބްސައިޓްގެ ޕްރޮގްރާމް އެކްރެޑިޓޭޝަން ބައިގައިވާ ”Previously Approved Programs“ ލިސްޓުގައި ވާ މަރުކަޒުތަކާ ދިމާލުގައި އެކަން ފާހަގަކޮށް ވެބްސައިޓުގައި ޝާއިއު ކުރާނެ ކަމަށް އެމްކިޔުއޭއިން ބުންޏެވެ.




1 Comment
ގުޅުންހުރި
އެފްއައިޔޫގެ ވެރިޔާ ސާޖިދު ސަސްޕެންޑުކޮށްފި
ފަސް އަހަރަށްފަހު ޝަންގްރިއްލާ އަލުން ހުޅުވައިފި
ހިރިމަރަދޫ ރައްޔިތުން ދެން ވޯޓުލާން ޖެހޭނީ ހަނިމާދޫ ކައުންސިލު ހޮވަން!
މަންޑޭއަށް ހުކުމްކުރުން މާދަމާ
ބަނގުރާ ގެންގުޅެ، ބޭނުންކުރާކަމުގެ ތުހުމަތުގައި ނޭޕާލް ބަޔަކު ހައްޔަރުކޮށް ޑީޕޯޓްކޮށްލަން ނިންމައިފި
ސާފް ފުޓްސަލް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ގައުމީ ފުޓްސަލް ޓީމު ޗައިނާއަށް