އެ މަނިކުފާނު ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ބޭނުމަކީ މި އަހަރު ތެރޭގައި ރައްޔިތުންނަށް މުހިންމުވާ މަޝްރޫއުތައް ހިނގާނެކަން ބުނެދެއްވަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ގއ. ކަނޑުހުޅުދޫއަށް މިއަދު ވަޑައިގެން އެ ރަށު މީހުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ދަތުރުތައް މިގޮތަށް ކުރުމުގެ ބޭނުމަކީ ރައްޔިތުންނަށް މުހިންމުވާ މަޝްރޫއުތައް މި އަހަރު ވަރަށް އިސްކަންދީގެން ކުރާނެކަން އަދި އެ ވައުދުތައް ފުއްދާނެކަން ބުނެދިނުން ކަމަށެވެ.
”ދަތުރުތައް މި ކުރަނީ، މި ކަންކަން ކޮށްދޭނެ ވާހަކަ، ރައްޔިތުންނަށް މުހިންމުވާ ކަންކަން ވަރަށް އިސްކަންދީގެން މި އަހަރު ތެރޭގައި ހިނގައިގަންނާނެ ވާހަކަ އަދި ނިމެމުންދާނެ ވާހަކަ ދަންނަވަންވެގެން،“ ރަައީސް ވިދާޅުވި އެވެ.
”ތި ބޭފުޅުން ވިދާޅުވާން ހުރި ކަންތައްތައް ވެސް ތަންކޮޅެއް ގާތުން މިހެން ބައްދަލުވެލައިގެން ދައްކާލުމުގެ ފުރުސަތު ދިނުމަށްޓަކައި. އަދި، އަޑުއަހަން ވެސް އަޅުގަނޑު ބޭނުންވާތީ،“
އެމަނިކުފާނު ވަނީ ކަނޑުހުޅުދޫއަށް ވަޑައިގެން އެރަށް ވަރަށް ބައިވަރު ވައުދުތަކެއް ވެވަޑައިގެންފަ އެވެ. އެގޮތުން އެ ރަށުގެ ބަނދަރުގެ މަސައްކަތް މިއަހަރު ފަށައި ނިންމައިދެއްވާނެ ކަމަށާއި އެ ރަށު ސިއްހީ މަރުކަޒުގައި 24 ގަޑިއިރު، ހިދުމަތް ދޭން ފެށޭވަރު ވެސް މި އަހަރު ކޮށްދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އޭގެއިތުރުން އެ ރަށުގެ ފުޓްސަލް ދަނޑުގައި ފެންސު ޖެހުމާއި ރޮސްޓްރަމްއެއް ތަރައްގީ ކުރުމާއި ފުޓުބޯޅަ ދަނޑުގައި ޓާފް އަޅައި އެތުލެޓިކްސްއަށް ވެސް ބޭނުން ކުރެވޭ ފެންވަަރަށް ދަނޑު މި އަހަރު ތަރައްގީ ކޮށްދެއްވާނެ ކަމަށް ރައީސް ވައުދުވެވަޑައިގެންނެވި އެވެ.




28 Comments
ގުޅުންހުރި
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީ ކުރުވާ ބައެއް ނޫން، އެއީ ވެރިކަމުގެ ފަށަލައެއް:
ދުނިޔޭގައި މިވަގުތު އޮތް އެންމެ ބޮޑު ޑްރެޖަރު ގެނެސް ދިއްދޫ ބިން
ރަސްމާލެ ހިއްކުން: 1 މަސް ތެރޭ ތިލަފުށީގެ ބިމުގެ ސައިޒަށްވުރެ ބޮޑު
ދިއްދޫ ބިން ހިއްކަން ގެނައީ ދުނިޔޭގައި އޮތް އެންމެ ބޮޑު އަނެއް
ފިކުރީ މުދާ ހިމާޔަތްކުރާ އޮފީސް އުފައްދައިފި