ގައުމުގެ ހަމަޖެހުން ނަގާލަން ޖާގަ ނުދެއްވާނެ ކަމަށާއި ގައުމީ ވިސްނުމެއްގައި އެކަން ހުއްޓުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ހުވަދުއަތޮޅަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ގއ. މާމެންދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ސިޔާސަތަކީ ތަރައްގީ ގާއިމުވެގެންދާއިރުގައި ގައުމުގައި ހަމަޖެހުންވެސް ގާއިމުވެފައި އޮތުން ކަމަށާއި މިދިޔަ 14 މަސް ދުވަހުގެ ތެރޭގައި ގައުމުގައި ހަމަޖެހުން ގާއިމުކޮށްފައިވާނެ ކަމަށެވެ.
”އަޅުގަނޑުމެންނެއް ނުހިންގާނަން ބަދަލު ހިފާކަށް އެއްވެސް ކަމެއް. ސިޔާސީ ވާދަވެރިކަމުގެ ތެރެއިން އެއް ބަޔަކަށް އަނިޔާކޮށް ސިޔާސީ ވިސްނުމުގެ ތެރެއިން ހައްޔަރުކޮށް، ޖަލަށް ލައި، އުނދަގޫކޮށް ހެދުމަކީ ގަބޫލުކުރާ ކަމެއް ނޫން، އަޅުގަނޑު ވައުދުވިން އެކަން އެގޮތަށް ނުހިންގާނެ ކަމަށް. މި ގައުމުގައި އަޅުގަނޑެއް ސިޔާސީ ގޮތުން އެއްވެސް މީހަކަށް އަނިޔާއެއް ނުކުރާނަން. ބަދަލު ހިފުމެއް ނޯންނާނެ. ހަމަޖެހުން ހަގީގީ މާނައިގައި އޮންނަން ބޭނުންވާތީ،“ ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައިވެސް ތަރައްގީ ގެނެސްދޭ ކަމަށްވާ ނަމަ، ތަރައްގީގެ ފުރިހަމަ ނަފާ ރައްޔިތުންނަށް ލިބޭނީ ގައުމުގައި ހަމަޖެހުން އޮވެގެން ކަމަށެވެ. އެހެންވެ ރައީސް ވަނީ އެ ހަމަޖެހުމުގައި ގައުމު ކުރިއަށް ގެންދިއުމުގައި ފުރިހަމަ އެއްބާރުލުން ދެއްވުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.
”މި ގައުމުގައި ސިޔާސީ ފަރާތްތަކުން، އަދި އެ ނޫންވެސް ބަޔަކަށް މި ހަމަޖެހުން ނަގާލުމަކަށް އަޅުގަނޑެއް ޖާގައެއް ނުދޭނަން. އެއްވެސް ފުރުސަތެއް ނުދޭނަން. އެކަމަށް އެއްވެސް ބަޔަކަށް، އެއްވެސް ކަމެއް ކުރަން މަސައްކަތްކޮށްފި ނަމަ އަޅުގަނޑު އެކަން ގައުމީ ވިސްނުމެއްގައި ހުއްޓުވައި، ގައުމުގެ ހަމަޖެހުން ޔަގީންކުރާނަން. އެ ވާހަކަ ވަރަށް ސާބިތުކަމާއެކީ މި ދަންނަވާލަނީ“ ރައީސް ވިދާޅުވި އެވެ.




9 Comments
ގުޅުންހުރި
ކަނޑުމަތީގައި އޮޑިދޯނިފަހަރަށް ލިބޭގެއްލުންތަކަށް ހައްލު: އެލައިޑްގެ މެރިންހަލް އިންޝުއަރެންސް
ފޮށިގަނޑަކާއި ޑަބިޔަލަކުން މަސްތުވާތަކެތި ހޯދައި، މީހަކު ހައްޔަރުކޮށްފި
އެލައިޑަށް 40 އަހަރު: ދުޅަހެޔޮ ސިއްހަތެއް ޕްރޮމޯޓް ކުރަން ބޭއްވި ބައިސްކަލް
ތިންވަނަ ކުއާޓަރު: އެސްޓީއޯ އަށް 3.8 ބިލިއަންގެ އާމްދަނީއެއް, 186 މިލިއަންގެ
ސިނގިރޭޓު ވައްކަން: އާރިފު ހިމެނޭގޮތަށް ފަސް މީހަކު ޝަރީއަތް ނިމެންދެން ބަންދަށް
މަނީ ލޯންޑަރިންގެ ކުށުގައި ބައްސާމްގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް