ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދިވެއްސަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ޏ. ފުވައްމުލަކަށް ނިސްބަތްވާ އުމުރުން 39 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް މިއަދު ހާޒިރު ކުރުމުން އޭނާ 15 ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ.
ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައިވާ ގޮތުން ޑްރަގް ފެނިފައިވަނީ އޭނާ ރާއްޖެ އައިއިރު، ގެނައި ދެ ލަގެޖުގެ އަތްގަނޑުގެ ދަށަށް ވާ ގޮތަށް އައްސާފައިވާ ކޮތަޅެއްގެ ތެރެއިންނެވެ.
ކޮތަޅުގެ ތެރެއިން ފެނުނު ޑްރަގްގެ ބަރުދަނުގައި 109 ގްރާމް ހުރި ކަމަށް ބަންދު އަމުރުގައިވެ އެވެ. ކަސްޓަމްސް އިން މި ތަކެތި ބަލައި ތަހުލީލު ކުރިއިރު، އެ ތަކެތި ހެރޮއިން އަށް ވަނީ ޕޮޒިޓިވް ވެފަ އެވެ.
ފުލުހުން ކޯޓުގައި ބުނެފައިވާ ގޮތުގައި އޭނާގެ ކުޑަކަމުދާތަކެތި ޓެސްޓު ކުރިއިރު މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވެ އެވެ.




ގުޅުންހުރި
އިހުތިޖާޖުކުރި މަސްވެރިން ވަނީ އެހެން އުޅަނދުތައް ދަތުރުކުރުމަށް ހުރަސް އަޅާފައި: ފުލުހުން
މީހެއްގެ ”މަހާއި ކައްޓާ“ ކައިގެން އިންތިހާބު ކާމިޔާބުކުރާކަށް ބޭނުމެއް ނޫން: މޭޔަރު
ސިނގިރޭޓު ވައްކަން: 11 މީހަކަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވައިފި
ސިނގިރޭޓު ވައްކަން: ލޮޓަސްގެ ވެރިޔާ އާއްޓޭ އާއި އެޕޯލޯގެ ވެރިޔާ ދިގަލި
ޖަލުތަކުން ކުރާ ކޯލުތައް ރިޕޯޓް ކުރެވޭނެ ގޮތް ހަދައިފި
ނުކުޅެދުންތެރިކަން ހުންނަ އިތުރު 30 މީހަކަށް ސްޓެލްކޯއިން ވަޒީފާ، ޖުމުލަ އަދަދު