ސެޕްޓެމްބަރ 9, 2025

އަމްރު، ޝިއްޕެ އަދި އާޒިމް އެނބުރި އެމްޑީޕީއަށް

އެމްޑީޕީގެ އެތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ސަބަބުން އެ ޕާޓީ ދޫކުރައްވައި ދަ ޑިމޮކްރެޓްސް އުފެއްދެވި އަދި އެ ޕާޓީގައި ތިއްބެވި ބައެއް އިސްބޭފުޅުން އެމްޑީޕީއާ އަލުން ރޭ ގުޅިވަޑައިގެންފި އެވެ.

އެމްޑީޕީއާ އަލުން ގުޅިވަޑައިގެންނެވި ބޭފުޅުންނަކީ އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓުގެ އިލްޔާސް ލަބީބުގެ ރަނިންމޭޓެއްގެ ގޮތުގައި ވާދަކުރެއްވި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އާއި ސޯލިހުގެ ސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓަރެއްގެ ގޮތުގައި ހުންނެވި މުހައްމަދު ޝިފާޒު (ޝިއްޕެ) އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލީ އާޒިމެވެ.

އެ ތިން ބޭފުޅުން އަލުން އެމްޑީޕީއާ ގުޅިވަޑައިގެންކަން އަމްރު ވަނީ ’ހަފްތާ‘ އަށް ކަށަވަރު ކޮށްދެއްވައިފަ އެވެ.

ޑިމޮކްރެޓްސްގެ ބައެއް އިސް ބޭފުޅުން އަލުން އެމްޑީޕީއާ ގުޅިވަޑައިގެންނެވި އިރު، އެމްޑީޕީން ވަނީ ’ގާނޫނުއަސާސީގެ ދިފާއުގައި’ގެ ނަމުގައި މި މަހު 31 ވަނަ ދުވަހު މަގުމަތީ ހަރަކާތެއް ބޭއްވުމަށް ނިންމައިފަ އެވެ.

ދަ ޑިމޮކްރެޓްސް އުފެއްދީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެ ޕާޓީގެ އެތެރޭ އުފެދުނު ހިޔާލު ތަފާތުވުންތަކާއެކު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވަފާތެރިން ގުޅިގެންނެވެ.

3 Comments

  • Aminath Zakariyya ޖެނުއަރީ 11, 2025

    Thiy landa thakeh, kula v avahah bafhalu vaane.

  • Afiyath Mohamed ޖެނުއަރީ 12, 2025

    Ehchehigovagovaafa diyaimaragalhuvaane

  • Ahmed Ahmed ޖެނުއަރީ 12, 2025

    އުބައްޖަހާބައެށް

Leave a Reply to Afiyath Mohamed Cancel reply