ދަ ޑިމޮކްރެޓްސް ޕާޓީގެ ރައީސް ހަސަން ލަތީފު (ހަސަންކޮ) ވެސް އެ ޕާޓީން ވަކިވެ، އިދިކޮޅު އެމްޑީޕީއާ ގުޅެން ނިންމައިފި އެވެ.
ހަސަންކޮށް އިސްތިއުފާގެ ސިޓީ ފޮނުވީ މިއަދު އެވެ. އެކަން އޭނާ ވަނީ މި ނޫހަށް ކަށަރުވެސް ކޮށްދެއްވައިފަ އެވެ. އެނގިފައިވާ ގޮތުގައި ހަސަން ލަތީފު ވަރަށް އަވަހަށް އެމްޑީޕީއާ ގުޅިވަޑައިގަންނަވާނެ އެވެ. އެކަން ހަސަން ލަތީފުވެސް ދޮގެއް ނުކުރައްވަ އެވެ.
ހަސަން ލަތީފު ޑިމޮކްރެޓްސް އިން އިސްތިއުފާ ދެއްވި އިރު، އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓުގެ އިލްޔާސް ލަބީބުގެ ރަނިންމޭޓެއްގެ ގޮތުގައި ވާދަކުރެއްވި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އާއި ސޯލިހުގެ ސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓަރެއްގެ ގޮތުގައި ހުންނެވި މުހައްމަދު ޝިފާޒު (ޝިއްޕެ) އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލީ އާޒިމުވެސް ވަނީ ޑިމޮކްރެޓްސް އިން ވަކިވެ އެނބުރި އެމްޑީޕީއަށް ރޭ ސޮއިކުރައްވައިފަ އެވެ.
ޑިމޮކްރެޓްސްގެ ބައެއް އިސް ބޭފުޅުން އަލުން އެމްޑީޕީއާ ގުޅިވަޑައިގެންނެވި އިރު، އެމްޑީޕީން ވަނީ ’ގާނޫނުއަސާސީގެ ދިފާއުގައި’ގެ ނަމުގައި މި މަހު 31 ވަނަ ދުވަހު މަގުމަތީ ހަރަކާތެއް ބޭއްވުމަށް ނިންމައިފަ އެވެ.
ދަ ޑިމޮކްރެޓްސް އުފެއްދީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެ ޕާޓީގެ އެތެރޭ އުފެދުނު ހިޔާލު ތަފާތުވުންތަކާއެކު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވަފާތެރިން ގުޅިގެންނެވެ.




ގުޅުންހުރި
ހަތް އަހަރު ހަމަވުމަށްފަހު ވެސް ހިޔާގެ ކުލި ބޮޑުނުވާނެ ގޮތް ހަދައިދޭނަން:
ގެދޮރުވެރިޔާ ފުލެޓުތަކުގެ އެޑްވާންސް ބޮޑުތަނުން ކުޑަކުރުމަށް ނިންމައިފި
ނިޔާމަ ޗުއްޓީއަކަށް ޓްރެވަލް ތަކާފުލް: ދަތުރުމަތީގައި ދިމާވެދާނެ ކުއްލި ހާލަތްތަކަށް މުހިންމު
ވަގު ޓީޓީ މައްސަލައިގައި ޝިފާއު 109 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި
ކަނޑުމަތިން މަރުވެފައި އޮތް ބިދޭސީއެއްގެ ހަށިގަނޑު ފެނިއްޖެ
ދަންވަރު ބޭރުގައި އުޅުނު 23 ބިދޭސީއަކު ހުއްޓުވައި، އެކަކު ހައްޔަރުކޮށްފި