ޕީއެންސީއަށް މެންބަރުން އިތުރުކުރުމަށް ހިންގި ޕްރޮގްރާމްގެ ތެރެއިން ސައްހަ ނޫން ފޯމުތަކެއް ހުށަހެޅިފައިވާ ކަމަށް އެއްބަސްވެ، އެކަން ހިނގި ގޮތް ބަލަމުން އަންނަ ކަމަށް އެ ޕާޓީން ބުނެފި އެވެ.
ޕީއެންސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ޕާޓީއަށް މެންބަރުން އިތުރުކުރުމަށް މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ”މެންބަޝިޕް ޑްރައިވް“ ގައި ޕާޓީއަށް ހުށަހެޅުނު އެތައްހާސް ފޯމެއް އީސީއަށް ހުށަހަޅާފައި ވަނިކޮށް މަދުން ނަމަވެސް ސައްހަ ނޫން ފޯމުތަކެއް ހުށަހެޅިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ޕީއެންސީން ބުނީ، ޕާޓީއަށް ވަނުމަށް އެދި ލިބުނު ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ ގާބިލްކަން އެ ޕާޓީއަށް ލިބިފައިނުވާ ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، ފޯމުގެ ސައްހަކަމާ މެދު ސުވާލު އުފެދެނީ އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅުމުގެ ފަހު މަރުހަލާގައި ކަމަށާއި މިއީ ހަމައެކަނި އެ ޕާޓީއަށް އޮތް ގޮންޖެހުމެއް ނޫން ކަމަށް ވެސް ބަޔާނުގައިވެ އެވެ.
”ޕާޓީއަށް ލިބޭ ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރުމުގެ ގާބިލުކަން ޕާޓީގައި ނެތުމުގެ ނަތީޖާއަކީ ފޯމެއްގެ ސައްހަކަމާއިމެދު ސުވާލެއް އުފެދޭ ހިސާބަކީ އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅުމުގެ ފަހުގެ މަރުހަލާއެއް ކަމުގައި ވުމެވެ،“ ޕީއެންސީގެ ބަޔާނުގައި ބުނެފައިވެ އެވެ.
ވަގު ފޯމު ހުށަހެޅި މައްސަލަ އީސީން ވަނީ ފުލުހަށް ވެސް ހުށަހަޅާފަ އެވެ. ޕީއެންސީން ބުނި ގޮތުގައި، މިކަމުގައި އީސީއަށާއި ފުލުހުންގެ މުއައްސަސާއަށް ޝަކުވާތަކެއް ލޮގް ކުރެވިފައިވާތީވެ، އެ ދެ މުއައްސަސާއިން ވެސް އެކަން ބަލަމުންދާކަން އެ ޕާޓީއަށް ވަނީ އަންގާފައި އެވެ.




6 Comments
ގުޅުންހުރި
މަޖިލީހުގެ އާ ދައުރަށް ބަޖެޓު ފާސްކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ
ދެ އިންތިހާބު އެކުގައި ބާއްވަން އެމްޑީޕީން މިހާރު ބޭނުންނުވަނީ އިންތިހާބަށް ކަޑަ
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި