ރާއްޖޭގައި ޓިކްޓޮކް ބްލޮކްކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް ސަރުކާރުން މިއަދު ދޮގުކޮށްފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއްވެސް ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ބްލޮކް ކުރަން ސަރުކާރުން ނުވިސްނާ ކަމަށާއި އެފަދަ މަޝްވަރާތަކެއް ވެސް ކޮށްފައިނުވާ ކަމަށެވެ.
”ބައެއް ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބްލޮކް ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް. ސޯޝަލް މީޑިއާ އެއްވެސް ޕްލެޓްފޯމެއް ބްލޮކް ކުރަން ސަރުކާރަކުން ނުނިންމާ އަދި އެފަދަ މަޝްވަރާއެއް ވެސް ނުކުރޭ،“ ހީނާ ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ ގާނޫނުއަސާސީއިން ރައްޔިތުންނަށް ލިބިދޭ އަސާސީ ހައްގުތައް ރައްކާތެރިކޮށް ކުރިއެރުވުން ކަމަށް ހީނާ ވިދާޅުވި އެވެ.
މި ސަރުކާރުން ވެރިކަމަށް އައިތާ ކުރީކޮޅު ވަނީ ދެ ވެބްސައިޓެއް ބްލޮކް ކޮށްފަ އެވެ. ސަރުކާރުން ވަނީ އެކަން ފުރަތަމަ ދޮގުކޮށްފަ އެވެ.
ފަހުން ބުނެފައި ވަނީ އެ ވެބްސައިޓު ބްލޮކް ކުރީ ރަޖިސްޓްރީނުކޮށް ނޫހެއް ގޮތަށް ހިންގާތީ ކަމަށެވެ.

4 Comments
ގުޅުންހުރި
އެސްޓީއޯ އާއި މަކިޓާގެ ގުޅުމަށް 25: މަކިޓާގެ ޕްރޮޑަކްޓްތަކުން 25 ޕަސެންޓް
އެމްޑީޕީގެ މަގުސަދަކީ މުއައްސަސާތަކައް އައްޔަން ކުރަން ފޮނުވާ މީހުންގެ އަބުރު ކަތިލުން:
މަގު ހެދުމުގެ މަސައްކަތަށް ބޮޑުތަކުރުފާނުގެ މަގުގެ އެއް ބަޔާއި ފަޅުގެ ބައެއް
ކުރު ވާހަކަ: ހަނދާން
އެމްޑަބްލިޔުއެސްސީން ހުޅުމާލޭގައި ހެދި ރާއްޖޭގެ އެންމެ ބޮޑު ފެންތާނގީ ބޭނުންކުރަން ފަށައިފި
ފުލުހުންގެ ބަންދުގައި ހުރި މީހަކު މަރުވެއްޖެ