ރޯދަ މަހަށް ގއ. ނިލަންދުއާއި ގއ. ދާންދޫގެ މީހުންނަށް ފޮނުވި 1،070 އަށްވުރެ ގިނަ ކާޑު ބަސްތާ ބަރުކޮށްގެން ދަތުރު ކުރަމުންދިޔަ ދޯންޏެއް ފަރަށް އަރައިފި އެވެ.
ގއ. އަތޮޅު ކައުންސިލުން މިއަދު ބުނީ ފަރަށް އެރި ލިއޯ ވިންގް ނަމަކަށް ކިޔާ ދޯނީގައި ހުރީ އެ ދެ ރަށުގެ ގެތަކަށް ލިއޯ ޓްރޭޑިންގެ ޗެއާމަން އަބްދުﷲ ސަވާދު ފޮނުވި ކާޑު ބަސްތާތައް ކަމަށެވެ. އޭނާ ފޮނުވީ އެ ދެ ރަށުގެ ކޮންމެ ގެއަކަށް ހަނޑޫ، ހަކުުރ އަދި ފުށް ބަސްތާއެކެވެ.
ކައުންސިލުން ބުނީ ބޯޓު ފަރަށް އެރުމުގެ ސަބަބުން ދޯނީގައި ހުރި ހުރިހާ ކާޑު ބަސްތާތަކެއް މޫދަށް އެޅިފައިވާ ކަމަށާއި މޫދަށް އެޅިފައިވަނީ 50 ކިލޯގެ ބަސްތާތަކެއް ކަމަށެވެ.




3 Comments
ގުޅުންހުރި
ރޯވި ދޯނީގެ ބައިތައް އޮޔާދާތީ ސަމާލުވާން އެދިއްޖެ
ދެ ލޯންޗު ޖެހި އެކްސިޑެންޓެއް، މީހަކަށް އަނިޔާއެއް ނުވޭ
ބަންޑުން ޖަހާލި ދޯނިން ގެއްލުނު ބިދޭސީ މީހާ އަދިވެސް ނުފެނޭ
ބަންޑުން ޖަހާލި ދޯނިން ގެއްލުނު ދިވެހި މީހާ މަރުވެފައި އޮއްވައި ފެނިއްޖެ
ކަނޑޫމާ ތިލަ ކައިރިން މަރުވެފައި އޮތް މީހަކު ފެނިއްޖެ
މަރުވެފައި އޮއްވައި ފެނުނީ ލޯންޗަކަށް އަރަން އުޅެނިކޮށް ވެއްޓުނު ކަނޑަށް ވެއްޓުނު