ކ. ގާފަރުގައި ބިދޭސީއެއްގެ ބުރަކައްޓަށް ވަޅި ހަރައި ޒަހަމްކޮށްލައިފި އެވެ.
ފުލުހުން ބުނި ގޮތުގައި ބަންގްލަދޭޝްއަށް ނިސްބަތްވާ އެ މީހާއަށް ވަޅިން ހަމަލާ ދީގެން ރިޕޯޓް ކުރީ މިއަދު ހެނދުނު 7:05 ހާއިރެވެ.
އެ ހަމަލާ ދީފައިވަނީ އެ ބިދޭސީ މީހާ މަގުމަތިން ހިނގާފައި ވަނިކޮށް ކަމަށްވެސް ފުލުހުން ބުންޏެވެ.
އެ މައްސަލައިގައި ފުލުހުން ވަނީ ގާފަރު/ ގުލިސްތާނު، ޖާޒިމް ޖައުފަރު ނަމަކަށް ކިޔާ މީހަކު ހައްޔަރުކޮށް ތަހުގީގު ފަށައިފަ އެވެ.



