ފެކަލްޓީ އޮފް ހެލްތް އެންޑް ސައިންސްގެ ގޯތި ތެރޭގައި ހުރި އަނބު ގަހުން އަނބު ބިން މީހަކު ހައްޔަރުކޮށް ބަންދުކޮށްފި އެވެ.
މާލެއަށް ނިސްބަތްވާ 30 އަހަރުގެ އެ މީހާއަށް ފުލުހުން ކުރަނީ ވައްކަން ކުރުމުގެ ތުހުމަތެވެ.
ކުށުގެ ރެކޯޑް އޮތް އެ މީހާގެ ބަންދު އަމުރުގައި ބުނެފައިވާ ގޮތުން އޭނާ ހައްޔަރުކުރީ އިއްޔެ ފަތިހު 5:25 ހާއިރު ފެކަލްޓީ އޮފް ހެލްތް ކައިރިން އޭނާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ އަނބު އަޅާފައިވާ ދަބަހަކާއެކު އެވެ.
ބަންދު މަޖިލީހުގައި ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރު ވިދާޅުވީ، ސީނުން އެ މީހާ ހުއްޓުވައި ސުވާލުކުރުމުން އަނބު ބިނީ ފެކަލްޓީ އޮފް ހެލްތުގެ ގޯތި ތެރޭގައި ހުރި ގަހުން ކަމަށާއި އަނބު ބިނީ އެ ތަނުގެ ސެކިއުރިޓީގެ ހުއްދަ ލިބިގެން ކަމަށް ބުނެފައިވާ ކަމަށެވެ.
ނަމަވެސް ސެކިއުރިޓީއާ ސުވާލުކުރަން ދިޔައިރު އެތަނުގައި އެއްވެސް މީހަކު ނެތް ކަމަށް އައިއޯ ބުންޏެވެ.
ބަންދު މަޖިލީހުގައި ސުވާލުކުރުމުން ހައްޔަރުކުރި މީހާ ބުނީ، ސެކިއުރިޓީ އެތަނުގައި ނެތީ ސެކިއުރިޓީ ބަލަހައްޓާ ބޭބެ ފަތިސް ނަމާދަށް ދިޔަ ގަޑިއާ ދިމާވުމުން ކަމަށެވެ.
މި މައްސަލައިގައި ގާޒީ ނިންމެވީ އޭނާ ހަތް ދުވަހަށް ބަންދު ކުރުމަށެވެ. އެގޮތަށް ނިންމި ސަބަބެއް ކަމަށް ބަންދު އަމުރުގައި ބުނެފައިވަނީ އޭނާ ބަންދުން ދޫކޮށްލައިފި ނަމަ، މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ކަމަށެވެ.




19 Comments
ގުޅުންހުރި
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތަށް