ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހުން ނުވަތަ ވާނުވާ ބަންދުގައި ތިބި ގިނަ މީހުންނަކީ ބޮޑެތި ކުށްކުށަށް އަރައިގަނެފައިވާ މީހުން ކަމަށާއި މޮނީޓާ ކުރެވޭނެ ނިޒާމެއް ނެތި އެ މީހުން ދޫކޮށްލުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް (ސީޕީ) އަލީ ޝުޖާއު ވިދާޅުވެއްޖެ އެވެ.
ޝަރީއަތް ނިމެންދެން މީހުން ބަންދުކުރުމާ ގުޅޭ މައްސަލަތައް ހައްލުކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބޭއްވި ފޯރަމްގައި ވާހަކަދައްކަވަމުން ސީޕީ ވިދާޅުވީ، ބޮޑެތި ކުށްވެރިން ބަންދުގައި ބައިތިއްބަން ޖެހެނީ އެ މީހުން ދޫކޮށްލައިފި ނަމަ މުޖުތަމައުއަށާއި ޝަރީއަތަށް ގެއްލުންތަކެއް ވެދާނެތީ ކަމަށެވެ.
މީގެ ކުރިންވެސް އެފަދަ މީހުން ދޫކޮށްލުމުން އޭގެ ނޭދެވޭ އަސަރު ޝަރީއަތަށާއި މުޖުތަމައުއަށް ކޮށްފައި އެބަހުރި ކަމަށްވެސް ވިދާޅުވި އެވެ.
”ގާނޫނުތަކަށް ބަދަލު ގެނެސްގެން ޓެގް އެޅުވިގެން މޮނިޓާ ކުރެވިދާނެ. ގާނޫނީ އޮނިގަނޑެއްގެ ތެރެއިން މޮނިޓާ ކުރެވޭނެ ނިޒާމެއް ނެތި ހައްޔަރުކުރުމުގެ މަގުސަދު ހާސިލެއް ނުވާނެ. މި ވަގުތު ބަޔަކު ދޫކޮށްލުމަކީ ރަނގަޅު ކަމެއް ނޫން.“ ސީޕީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފުލުހުން އަބަދުވެސް ބަލަނީ ވީހާވެސް އަވަހަށް ތަހުގީގު ނިންމައި މައްސަލައާމެދު ގޮތެއް ނިންމުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވޭތޯ ކަމަށެވެ.




2 Comments
ގުޅުންހުރި
ޑޮލަރު ސޫޓް ކޭސް ފޭރިގެން މައްސަލަ: ހައްޔަރުކުރި 4 މީހުންގެ ފޮޓޯ
281 ބަނގުރާ ފުޅި އާއެކު ބަނގުރާ ވިއްކާ ބޮޑުންތަކެއް ހައްޔަރުކޮށްފި
އައްޑޫ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނީ ދެމަފިރިން!
ސިނގިރޭޓް ވައްކަން: ހައްޔަރުކުރި 5 ވަނަ މީހާގެ ފޮޓޯ އާންމުކޮށް، ޝަރީއަތް
ބަނގުރަލުގެ ވިޔަފާރިކުރާ ނޭޕާލް ގުރޫޕަކާއި ބަނގުރާ ގެންގުޅުނު ބަންގްލަދޭޝް ގުރޫޕެއް ހައްޔަރުކޮށްފި
72 ކިލޯގެ ޑުރަގް: ދައުލަތުން ފީ ނުދެއްކި ކަމަށް ބުނެ، އިރުފާންގެ