އެމްޕީއެލްގެ އެމްޑީގެ މަގާމުން ވަޖީހު ވަކިކޮށްފި

އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު ވަޖީހު އިބްރާހިމް ވަކިކޮށްފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ދެންމެ ބުނީ އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުންނާއި ބޯޑު ޑިރެކްޓަރު ކަމުގެ މަގާމުން ވަޖީހު މިއަދު ވަކިކޮށްފައިވާ ކަމަށެވެ.

ވަކިކުރި ސަބަބެއް ނުބުނެ އެވެ.

އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ވަޖީހު އައްޔަންކުރީ މި ސަރުކާރުގައި 28 ނޮވެމްބަރު 2023 ގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ބޭފުޅަކު ކައިވެނި ބައްލަވައިގެން އުޅުއްވަނީ ވަޖީހުގެ ބޭފުޅަކާ އެވެ. ވަޖީހު މަގާމުން ވަކި ކުރިއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އަބްދުއްރަހީމްއާ ދެ ބޭފުޅުންގެ ގުޅުން ގޯސްވެފައިވާ ކަމަށް އަޑުވަނީ ފެތުރިފަ އެވެ.

އެ އަޑުތައް ފެތުރުނީ އަބްދުއްރަހީމްގެ ދަރިކަލުން އިބްރާހީމް ފައިސަލް މިދިޔަ ހަފްތާގައި ޓޫރިޒަމް މިނިސްޓަރުކަމުން ވަކިކުރުމާއި ގުޅިގެންނެވެ.