ސިނަމާލެ ހައިވޭގައި މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނު ހިނގި އެކްސިޑެންޓުގެ މަންޒަރު ފެންނަ ވީޑީއޯއެއް އާންމުވެއްޖެ އެވެ.
ހޮނިހިރު ދުވަހުގެ ހެނދުނު 8:19 ހާއިރު ހިނގި އެ ހާދިސާގައި ލިބުނު އަނިިޔާތަކާ ގުޅިގެން މަރުވީ، ބަންގްލަދޭޝްއަށް ނިސްބަތްވާ ފިރިހެނެކެވެ. އޭނާ މަރުވީ ލިބުނު އަނިޔާތަކަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް، އެ ދުވަހުގެ 9:00 ގަ އެވެ.
މީޑިއާތަކަށް ފުލުހުން އެ ދުވަހު ފޮނުވި މެސެޖެއްގައި ބުނީ ބިދޭސީ މީހާ އެކްސިޑެންޓުވީ ސޯލާ ޕެނެލްތަކުގެ މަސައްކަތް ކުރަން އުޅުނު މީހުން، މަސައްކަތް ކުރަމުންދާކަން އަންގައި ދިނުމަށް ބަހައްޓާފައި ހުރި ކޯނެއްގައި ޖެހިގެން ކަމަށެވެ.
އާންމުވެފައި ވަނީ ސިނަމާލެ ހައިވޭގައި ހުންނަ ފުލުހުންގެ ސީސީޓީވީއެއްގެ ފުޓޭޖެކެވެ. އެ ވީޑިއޯ އިން ފެންނަނީ އެކްސިޑެންޓުގައި މަރުވި ބިދޭސީ މީހާ ހައިވޭ މައްޗަށް ވެއްޓިފައި އޮއްވައި، ހަމަ އެ ވަގުތު ފަހަތުން ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލެއް އޭނާގެ ގައިމަތިންދާ މަންޒަރެވެ.
ބައެއް މީޑިއާތަކުގައި ސައިކަލު ދިޔައީ މަރުވި މީހާގެ ބޯމަތިން ކަމަށް ބުނެފައިވީ ނަމަވެސް، ސީސީޓީވީ ފުޓޭޖުން އެ މަންޒަރު އެހާ ސާފެއް ނޫނެވެ. ނަމަވެސް ގައިމަތިން ދިޔަކަން އެނގެނީ ސައިކަލު ކޮންމެވެސް ވަރަކަށް ހިއްލިފައި ދިއުމުންނެވެ.
އެ މައްސަލައިގައި މަރުވި މީހާގެ ގައިމަތިން ދިޔަ މީހާ ހައްޔަރުކޮށްފައިވޭތޯ މީޑިއާތަކުން ތަކުރާރުކޮށް ފުލުހުންނާ ސުވާލުކުރަމުންދާ އިރު، ފުލުހުން މިއަދު ބުނީ، އެކްސިޑެންޓާ ގުޅިގެން 60 އަހަރުގެ ދިވެހި އަންހެނަކާ ސުވާލުކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ލައިސަންސް ހިފަހައްޓައި އޭނަ ދުއްވި ސައިކަލު ޓޯކޮށް، މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ބުންޏެވެ.




11 Comments
ގުޅުންހުރި
ފުލުހުންގެ އިދާރާ ހިންގެވުން ފަރުހާދަށް
ޕިކަޕެއްގެ ދަށުގައި މަސައްކަތް ކުރަން އޮތް މީހެއްގެ ގައިމައްޗަށް ޕިކަޕު ވެއްޓި
އެލައިޑުން ކުރިއަށްގެންދާ ރައްކާ ކެމްޕޭން ހިންގަން ފުލުހުންނާއެކު ސޮއިކޮށްފި
އެކްސްކެވޭޓަރުން ކުނިތައް ނެގީ އަމީން މިއާގެ ހަށިގަނޑާއެކު، މަރުވީ ކުނިތަކާއެކު ވަޅުލެވިގެން!
ބައި ކިލޯގެ ޑުރަގާއެކު ހައްޔަރުކުރުމުން ބަންދަށް ޖެހީ 5 ދުވަސް!
”ރާޔާ މާލެ“: މިއީ ސްކޭމެއް!