ފަގީރުކަން ނެތް ދުވަހެއް ދިވެހިން ވަރަށް އަވަހަށް ދެކޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވަމުން އެ މަނިކުފާނު މިއަދު ވިދާޅުވީ، ޒަކާތަކީ އިސްލާމްދީނުގެ މުހިންމު އެއް ރުކުން ކަމަށެވެ. ރައީސް ވިދާޅުވީ ޒަކާތަކީ ޒަކާތުގެ ސަބަބުން ފަގީރުކަން ނައްތާލެވި މާލީ ފުދުންތެރިކަމެއް މުޅި ހައުމުގައި އަށަގެނެވިގެންދާނެ ކަމަށެވެ. އެކަމުގެ ސަބަބުން އޭގެ ސަބަބުން ކުލުނާއި ލޯތްބާއި ހަމަޖެހުން ގައުމުގައި ގާއިމުވެގެންދާނެ ކަމަށާއި އެއީ އިސްލާމީ ތާރީހު ކަށަވަރުކޮށްދީފައިވާ ހަގީގަތެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ޒަކާތުގެ ނިޒާމު ހަރުދަނާކޮށް ފުޅާކުރުމަށް ޓަކާ ޒަކާތު ހައުސް އުފެއްދައިފައި ކަމަށެވެ. ޒަކާތު ހައުސްގެ ސަބަބުން ރައްޔިތުންނާއި ގައުމަށް ލިބުނު މަންފާތަކުގެ ތެރޭގައި ފަގީރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އާމްދަނީ ހޯދޭނެ ވަސީލަތްތައް ގާއިމުވުން ހިމެނޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އަދި ވިދާޅުވީ ޒަކާތުގެ ނިޒާމް ޒަމާނީ ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ.
”މި ގޮތަށް ޒަކާތުގެ ނިޒާމު ޒަމާނީކުރެވި އުސޫލުތައް ހިނގާންފެށުމުން ގައުމުގެ މާލީ އިޖުތިމާއީ އަދާލަތަށް، ނުވަތަ މުޖުތަމައުގެ އާންމު ފޯރުންތެރިކަމުގެ ނިސްބަތަށް ވަރަށް ބޮޑު ހެޔޮ ބަދަލެއް އައިސް، އިރާދަކުރެއްވިއްޔާ އިންތިހާއީ ފަގީރުކަން ނެތް ދުވަހެއް ވަރަށް އަވަހަށް ދިވެހީން ދެކޭނެ“ ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ މިއަހަރަކީ ތަރައްގީގެ މަޝްރޫއުތަކުގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސޯދު ވެސް ކުރިއަރަމުންދާ ކަމަށާއި 2023 ވަނަ އަހަރާ ބަލާއިރު 2024 ވަނަ އަހަރު ތަކެތީގެ އަގުބޮޑުވި މިންވަރު ދަށްވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

33 Comments
ގުޅުންހުރި
މިއީ ހޫނު ދުވަސްވަރެއް، ކޮންމެހެން ބޭނުންވާ މިންވަރަށް އެކަނި ކަރަންޓު ބޭނުންކުރޭ:
އިޒްރޭލު ޕާސްޕޯޓް މަނާކުރުމަކީ އިސްލާމީ އުއްމަތަށް ރައީސް ދެއްކެވި ނަމޫނާއެއް، ސެލިއުޓް
ޝިޔާމް، ޖަމީލަށް: ރައްޔިތުން ހޮވި ވެރިއަކީ ރައީސް މުއިއްޒު ކަމަށް ހިތަށް
ގާޒާގެ ކުޑަކުދިން ކައިގެން ތިބެނީ ދުވާލަކު އެއްއިރު!
އިނގުރައިދޫ މީހުން މިދިލިއޮށް ހޮވުން ކައުންސިލުން މަނާކޮށްފި
ދުންފަތް ވިޔަފާރިކުރުމުގެ ލައިސެންސް ހޯދަން ހުޅުވާލައިފި