އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ކުށް ސާބިތުވެ ޖަލަށްލުމަށް ހުކުމްކުރުމަށްފަހު، ފަހުން ޖަލުހުކުމް މާފުކޮށް މިނިވަންކުރި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތުން ފައިސާ ހޯދި ބޭފުޅުންގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މަޖިލިސް އިދާރާގައި ގާސިމް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ކަންތައް ހިނގިއިރު އަދީބު ހުންނެވީ އޭރު ވެރިކަންކުރަމުން ދިޔަ ޕީޕީއެމްގެ ފައިސާގެ ކަންކަން ބެލެހެއްޓުމާ ހަވާލުވެ ކަމަށެވެ. އެހެންކަމުން ގާސިމުގެ އަތުން ފައިސާ ހޯދި، ޕީޕީއެމްގެ ޕީޖީ މެންބަރުންގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށާއި ސަބަބަކީ އެ ފައިސާގެ ހަގީގަތް އެ މެންބަރުންނަށް އެނގިފައިނުވުން ކަމަށް ގާސިމް ވިދާޅުވިއެވެ.
”އަދީބު އޭރު ނައިބު ރައީސަކަށް ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވީ. އެ މަނިކުފާދު އަދި ކިތަންމެ ބައިވަރު ފައިސާއެއް އަދި މީހުންނަށް ދެއްވި ކަމުގައިވި ނަމަވެސް އެ ފައިސާއެއް ދެއްވާފައިވަނީ ވަނީ އެއްވެސް މީހަކަށް މި ދެންނެވި އެއީ ހިޔާނާތުގެ ގޮތުން ހޯއްދަވާފައިހުރި ނުވަތަ ދައުލަތުގެ ފައިސާއެއް ނަހަމަ ގޮތުގައި ހޯއްދަވައިގެން، ހޯއްދަވާފައިހުރި ލާރިއަކުން ކަމެއް އެއްވެސް މީހަކަށް ނޭނގެ. އެހެންވީމާ އެ ފައިސާ ލިބުނު މީހަކު ކިތަންމެ ބައިވަރެއް ލިބިފައޮތަސް އެ ބޭފުޅަކަށް ދައުވާ ކުރެވޭނެ އެއްވެސް ޖާގައެއް ދައުލަތުގަ ނެތް“ ގާސިމް ވިދާޅުވިއެވެ.
”އެ ބޭފުޅަކަށް ނެތް، އެ ބޭފުޅުންނަކަށް ނޭނގެ އެއްގޮތަކަށް ވެސް ތިމަންނާމެންނަށް މި ލިބޭ ފައިސާއަކީ އަހުމަދު އަދީބު ނަހަމަ ގޮތުގަ ދައުލަތް ލޫޓުވާލައިގެން ހޯދާފައިހުރ ފައިސާއެއްކަން ނޭނގޭ“
ގާސިމް ވިދާޅުވީ އަދީބު އަތުގައި ހުރީ ހިޔާނާތުގެ ފައިސާކަން ނޭނގި ފައިސާ ހޯދި ބޭފުޅުންނަށް ދައުވާ ކުރެވޭނެ ގޮތެއް ދައުލަތުގައި ނުހުންނާނެ ކަމަށެވެ.
ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ އެ މަނިކުފާނުގެ ގެކޮޅަށް ފޮށިފޮށި ގަނޑުގައި ވަތް ފައިސާއަކީ ހަލާލު ނޫން ފައިސާ ކަމަށް އިއުތިރާފުވެފައި ކަމަށް ގާސިމް ވިދާޅުވިއެވެ.

22 Comments
ގުޅުންހުރި
އެމްޑީޕީއަށް 5 ފަނި ވާނީ ފޮނުވާފައި، ލޯކަލް އިންތިހާބު އެމްޑީޕީއަށް ގެއްލުވާލާނަން:
މިއަދު މި ދެކެނީ މާ އުފާވެރި ވެރިކަމެއް: ނާޒިމް
ސަލީމްގެ ނުސީދާ ފާޑުކިޔުން ޑރ. ވަހީދަށް: ކާޅަކީ އިހުލާސްތެރި އެއްޗެއް ނޫން!
އަބްދުއްރަހީމާއި ޝިޔާމް އަޅުގަނޑު ދޫކޮށްދިއުމުން ހިތަކަށް އެއްވެސް އެއްޗެއް ނާރާ: ޔާމީން
ޝާހިދު ކޮމަންވެލްތުގެ އެސްޖީއާ ބައްދަލުކުރައްވައި ކަންބޮޑުވުންތައް ހިއްސާކުރައްވައިފި
ކިތަންމެ ހިތްހަމަ ނުޖެހުނަސް މުއިއްޒުގެ ވެރިކަމަށްވުރެ ސޯލިހުގެ ވެރިކަން ރަނގަޅު: ޔާމީން