ގއ. ވިލިނގިލީގައި ވިހާފައި ދަރިފުޅާއި މަންމަ މަރުވި މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގަން ފުލުހުންނަށް އަންގާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
އިއްޔެ ދަންވަރުގެ ވަގުތެއްގައި މަރުވެފައިވަނީ ގއ. ވިލިނގިލި/ ޒަމާނީވިލާ، ފާތިމަތު ޝިއުނާ، 37 އާއި އޭނާއަށް ލިބުނު ތިންވަނަ ދަރިފުޅެވެ. ޝިއުނާ މަރުވީ ކޫއްޑޫ އެއާޕޯޓް ރަންވޭ މައްޗަށެވެ. އޭނާގެ ދަރިފުޅު މަރުވީ މާލެ ގެނައި ފަހުންނެވެ.
ދެމައިން މަރުވުމުގައި ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލާއި އާސަންދައިގެ އިހުމާލެއް އޮތް ކަމުގެ ތުހުމަތު ވަނީ އަމާޒުވެފަ އެވެ. އެގޮތުން ފަރުވާ ހޮސްޕިޓަލުން ފަރުވާ ލަސްވިކަމާއި ދެމައިން އިތުރު ފަރުވާއަށް މާލެ ގެންނަން މާލެއިން ފޮނުވި އެއާ އެމްބިއުލާންސްގެ ވެންޓިލޭޓަރު ހަލާކުވެފައި ހުރުމާއި އޭގައި އޮކްސިޖަން ނެތް މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ.
އިހުސާން މިއަދު ’އެކްސް’ގައި ވިދާޅުވީ ވިލިނގިލީގައި ކުޑަކުއްޖަކާއި އެ ކުއްޖާގެ މަންމަ މަރުވި ހާދިސާގެ ޖިނާއީ ތަހުގީގެއް ހިންގައި އެ ހާދިސާގައި އިހުމާލުވެފައިވާ ފަރާތެއްވާ ނަމަ، އެފަރާތެއް ނުވަތަ ފަރާތްތަކެއް ހޯދައި ގާނޫނީ ފިޔަވަޅު އެޅުމަށް ސަރުކާރުން ފުލުހުންނަށް އަންގާފައިވާ ކަމަށެވެ.
އެ ހާދިސާ ބަލަމުންދާ ކަމަށް ހެލްތު މިނިސްޓްރީން ވެސް އިއްޔެ ވަނީ ބުނެފަ އެވެ. އެގޮތުން ޝިއުނާއަށް ފަރުވާ ދިން ނޭޕާލްގެ ފިރިހެން ޑޮކްޓަރަކު ހެލްތް މިނިސްޓްރީން އަންގައިގެން އިއްޔެ ވަނީ މާލެ ގެނެސްފަ އެވެ.

7 Comments
ގުޅުންހުރި
ގެއްލިގެން ހޯދަމުންދިޔަ ޒުވާނީ ހުރީ ރަށެއްގައި: ފުލުހުން
ފުރޮޅާލި ޕިކަޕް ބާރު ސްޕީޑުގައި ދުއްވާފައިވާތީ ފިޔަވަޅު އަޅައިފިން: ފުލުހުން
މަސްތުވާތަކެތި ވިއްކައިގެން ހޯދާފައިވާ 41500 ރުފިޔާއާއެކު 2 މީހުން ހައްޔަރުކޮށްފި
ގެއްލުނު ”ކޮލަމާ“ ބޯޓު ފެނިއްޖެ، ކެޕްޓަން އޮތީ އިންޖީނު ރޫމު ތެރޭ
ނަފުސާނީ ބަލި މީހަކު، އޭނާގެ ބައްޕައަށް ތޫނު އެއްޗަކުން ހަމަލާދީފި، އިތުރު
ބަނގުރަލުގެ ވިިޔަފާރި ކުރިކަމަށް ތުހުމަތު ކުރެވޭ 3 މީހުން ޑީޕޯޓް ކުރަނީ