ގއ. ވިލިނގިލީ ހޮސްޕިޓަލުގެ އިހުމާލުން ނިޔާވި އެ ރަށު ޝިއުނާ ތައުފީގާއި އޭނާގެ ތިންވަނަ ދަރިފުޅުގެ ހައްގުގައި ކޮންމެ ގުރުބާނީއެއް ވާން ތައްޔާރަށް ހުރި ކަމަށް ޝިއުނާގެ ފިރިމީހާ ޝިފާޒު ޒާހިރު ބުނެފި އެވެ.
ޝިއުނާ ނިޔާވީ މާލެ ގެންނަން ކޫއްޑޫ އެއާޕޯޓުގެ ރަންވޭ މަތީގައި އޮއްވަ އެވެ ދަރިފުޅު ނިޔާވީ މާލެ ގެނައި ފަހުންނެވެ. ޝިއުނާގެ ދެމައިން ނިޔާވި މައްސަލައިގައި ގއ. ވިލިނގިލީގައި މިއަދު ވަނީ އިހުތިޖާޖު ކުރުމުގެ ގޮތުން ހިނގާލުމެއް ބާއްވައިފަ އެވެ.
”ގއ. ރައްޔިތުންނަށް ހައްގުވާ ސިއްހީ މިންވަރަކީ މިއީތޯ؟“ ގެ ނަމުގައި ބޭއްވި އެ ހިނގާލުމުގައި ޝިފާޒު ވަނީ އެ ރޭ ކަން ހިނގައިދިޔަ ގޮތް ވަރަށް ތަފުސީލުކޮށް އަސަރާއެކު ކިޔައިދީފަ އެވެ.
”މިއީ އެއްވެސް ސިޔާސީ މަންފާއަކަށް ކުރާ ކަމެއް ނޫން. މަ ބޭނުމީ މަގޭ އަނބިމީހާގެ ހައްގުގައި މި ތަނަށް ރަނގަޅު ގޮތެއް މެދުވެރިވުން. ކުޑަކުދިންގެ ޑޮކްޓަރުންވެސް މިތާ ތިބެން އެބަޖެހޭ. މިއީ އާދައިގެ ކަމެއް ނޫން. މަގޭ ހިތުގައި އަޅާ ވޭނާއި މަގޭ ރޯ ރުއިން އެނގޭނެ މީހަކު ނެތް،“ ޝިފާޒު އަސަރާ އެކު ބުންޏެވެ.
އޭނާ ބުނީ، އަންހެނުންނާއި ދަރިފުޅަށް ދިމާވި ހާލަތު އިތުރު މީހަކަށް ދިމާވާން ބޭނުން ނުވާ ކަމަށެވެ. އަދި އެ މައްސަލަ ބަލައި އިހުމާލުވި އެންމެންނަށް ފިޔަވަޅު އަޅައި، ދައުވާ ކޮށްދިނުމަށްވެސް އޭނާ ގޮވާލި އެވެ.
އަނބިމީހާގެ ހައްގަށްޓަކައި ވާންޖެހޭ ކޮންމެ ގުރުބާނީއަށް ވާނަން. މިވަރުން ދުލެއް ނުކުރާނަން. މުޅި ދުނިޔޭގައި ހިނގާނަން އަނބިމީހާގެ ހައްގަށްޓަކައި…ރައީސަށްވެސް މި ގޮވާލަނީ ހޮސްޕިޓަލުގެ ކަންކަން ރަނގަޅުކޮށްދޭށޭ. މަގޭ އުއްމީދަކީވެސް އެއީ،“ ޝިފާޒު ބުންޏެވެ.
ދެމައިން ނިޔާވުމުގައި ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލާއި އާސަންދައިގެ އިހުމާލެއް އޮތް ކަމުގެ ތުހުމަތު ވަނީ އަމާޒުވެފަ އެވެ. އެގޮތުން ފަރުވާ ހޮސްޕިޓަލުން ފަރުވާ ލަސްވިކަމާއި ދެމައިން އިތުރު ފަރުވާއަށް މާލެ ގެންނަން މާލެއިން ފޮނުވި އެއާ އެމްބިއުލާންސްގެ ވެންޓިލޭޓަރު ހަލާކުވެފައި ހުރުމާއި އޭގައި އޮކްސިޖަން ނެތް މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ.
އެކަމާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ދެމައިން ނިޔާވި ހާދިސާގައި އެއްވެސް ފަރާތެއްގެ އިހުމާލެއްވޭތޯ ޖިނާއީ ތަހުގީގެއް ހިންގަން ފުލުހުންނަށް އަންގަވައިފަ އެވެ.




3 Comments
ގުޅުންހުރި
ސަރުކާރުން ވިޔަފާރިތަކާ ވާދަވެރިވުމަކީ އިގުތިސާދީ ހަމަތައް ފުނޑުފުނޑު ކޮށްލާނެ ކަމެއް: ޝާހިދު
އެމްޑީޕީއަކީ މިހާރު މުސްކުޅި ޕާޓީއެއް، އެ ޕާޓީން ވިއްކާ ސިޔާސަތުތަކެއް މިހާރު
ޗާގޯސް މައްސަލައިގައި ރާއްޖެއިން އަމަލުކުރަނީ ޔޫކޭ އާއި އެމެރިކާއިން އެދޭ ގޮތަށް:
ޕާކިސްތާނުގެ މިސްކިތެއްގައި ބޮމެއް ގޮއްވާލައި 30 އަށްވުރެ ގިނަ މީހުން މަރާލައިފި
ލޭ ހަދިޔާކުރުމަކީ ދެމިގެންވާ ސަދަގާތެއް، ސަވާބު ލިބިލިބި ހުންނާނެ ކަމެއް: ހުތުބާ
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީއެއް ސްކޭމްގެ މައްސަލައެއްގައި ހައްޔަރުކޮށްފި