ތ. އަތޮޅު ވިލުފުށީ ކެފޭއެއްގެ ކުރިމައްޗަށް ސިހުރު ހެދި ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން މިއަދު ބުނީ، މި މައްސަލަ ރިޕޯޓުކޮށްފައިވަނީ ރޭ ދަންވަރު 00:10 އެހާކަންހާއިރު ކަމަށެވެ.
ފުލުހުން ބުނީ، އެ ރަށު ކެފޭއެއް ކުރިމައްޗަށް ސިހުރު ހަދާފައިވާ ކަމަށް ތުހުމަތުކުރެވޭ އެއްޗެހިތަކެއް އަޅާފައިވާ ކަމަށެވެ.
އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ބުންޏަސް އޭގެ ތަފްސީލެއް ފުލުހުން ނުދެ އެވެ.









